"ސްޓޫޑެންޓް އޮފް ދަ އިޔާ 2"ގެ ޓްރެއިލާ ދައްކާލައިފި

ސްޓޫޑެންޓް އޮފް ދަ އިޔާ 2 އިން ފެނިގެންދާނި ތިން ލީޑުން---

ދެ ހާސް ބާރަ ވަނަ އަހަރު ރިލީޒްކުރި ކަރަން ޖޯހަރުގެ ކާމިޔާބު ފިލްމު، 'ސްޓޫޑެންޓް އޮފް ދަ އިޔާ'ގެ ދެވަނަ ބައި 'ސްޓޫޑެންޓް އޮފް ދަ އިޔާ 2' ޓްރެއިލާ ދައްކާލައިފިއެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔާ 1" އިން ފިރިހެން ދެ ލީޑެއް ފެނުނު ނަމަވެސް ދެވަނަ ބައިގައި ފެނިގެންދާނީ އަންހެން ދެ ލީޑެވެ. ބޮލީވުޑަށް މުޅިން އަލަށް ތައާރަފްވާ ދެ ލީޑަކީ ތާރާ ސުޓަރިއާ އަދި އަނަންޔާ ޕަންޑޭ އެވެ.

ޝައުގުވެރި ގިނަ މަންޒަރުތަކެއް ޓްރެއިލާއިން ފެނުނުއިރު ޓައިގާ ޝްރޮފްގެ އެކްޓިން އަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.

އެ ފިލްމު ޑައިރެކްޓު ކުރާނީ ޕުނީތު މަލޯތުރާއެވެ. އަދި އެ ފިލްމަކީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ ފިލްމެކެވެ.

ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.

ދެ ހާސް ބާރަވަނަ އަހަރު ނުކުތް ފިލްމު ސްޓޫޑެންޓް އޮފް ދަ އިޔާގައި ހަރަކާތްތެރިވެފައި ވަނީ އާލިއާ ބަޓް، ވަރުން ދަވަން އަދި ސިދާތު މަލްހޯތުރާ އެވެ. އެ ތިން ތަރިންނަކީ ވެސް އެ ފިލްމުން ބޮލީވުޑަށް ތައާރަފް ވި ތިން ތަރިންނެވެ.

comment ކޮމެންޓް