ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ތައާރަފްކުރުމަށް އަނެއްކާވެސް ޕްރޮގްރާމެއް ހިންގަނީ

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ތައާރަފްކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން--- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ/ ޓުވިޓާ

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ތައާރަފްކުރުމަށް އަނެއްކާ ވެސް ޕްރޮގްރާމެއް އަނެއްކާ ވެސް ހިންގަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މިއީ އެގޮތަށް ގެންދާ ތިންވަނަ ޕްރޮގްރާމެވެ.

ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ތައާރަފްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދެއް ވެސް މެ އެވެ.

މީގެ ކުރިން ހިންގި ޕްރޮގްރާމްގައި ތުތި ބޯވަދިލަމަސް ބޭނުމުގެ އުކުޅުތަކާއި މަސްކަނޑާނެ ގޮތާއި އަދި ވިއްކުމަށް ބާޒާރަށް ނެރެން ބަންދުކުރާނެ ގޮތްތައް ވަނީ އޮޅުންފިލުވައިދީފަ އެވެ.

އަދި ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތައް ޕްރޮގްރާމްގެ ބައިވެރީންނަށް ވަނީ ހަދިޔާ ވެސް ކޮށްފަ އެވެ.

ތުތި ބޯވަދިލަމަސް ނުވަތަ ޑައިމަންޑްބެކް ސްކުއިޑަކީ މާކަނޑުގެ ފުން ސަރަހައްދުގައި އުޅޭ ބޯވަދިލަމަހެކެވެ. މިއީ ފެންމަތިން ފެންނަ ބޯވަދިލަމަހަށް ވުރެ ބޮޑު ބޯވަދިލަ މަހެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމަގޮތުގަ ބޭނުންކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ މާކަނޑުގެ ފުން ސަރަހައްދުގައި ދިރިއުޅޭ ތުތި ބޯވަދިލަމަހުގެ (ޑައިމަންޑް ބެކް ސްކުއިޑް) މަސްވެރިކަން އާލާ ކުރުމުގެ ގޮތުން ދިގުމުއްދަތުގައި އަގު އަދާކުރާގޮތަށް އެމަސްވެރިކަން ކުރުމަށް ބޭނުންވާ އާލާތް ފޯރުކޮށްދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމްއެއް ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ޖޫން މަހުގެ 16 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް