އެންއައިސީގެ ކުރީގެ ރައީސްއާ އެކު 26 ފަރާތަކުން އެ ކޮމިޝަނަށް ކުރިމަތިލައިފި

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ކުރީގެ ރައީސް މާނިއު(ކ-2) އާއި އެކު އެ ކޮމިޝަނުގެ ބައެއް މެންބަރުން --- ފޮޓޯ/ ރައީސް އޮފީސް

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ކުރީގެ ރައީސް ޔޫސުފް މާނިއު މުހައްމަދު އާއެކު 26 ފަރާތަކުން އެ ކޮމިޝަނުގެ މެންބަރު ކަމަށް އެދި ކުރިމަތިލައްވައިފި އެވެ.

އެންއައިސީގެ ރައީސްގެ މަގާމްގައި މާނިއު ހުންނަވަނިކޮށް 2017 ވަނަ އަހަރުގެ ނޮވެމްބަރ 23 ގައި އޭނާ ވަނީ އެ ކޮމިޝަނުގެ މެންބަރުކަމުން ވަކިކޮށްފަ އެވެ.

ގާނޫނު ބުނާ ގޮތުން އެ ކޮމިޝަނުގައި ތިއްބަވާނީ ފަސް މެންބަރުންނެވެ. އަދި އެ 26 ނަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެ އެވެ. އެގޮތުން ކޮމިޝަނަށް އައްޔަނު ކުރުމަށް، އެންމެ ގިނައިން ވޯޓު ލިބޭ ފަސް ނަމެއް ރައީސް އޮފީހަށް ފޮނުވާނެ އެވެ.

އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލެއްވި 26 ފަރާތް:

 1. ޑރ. އައިޝަތު ޝެހެނާޒް އާދަމް (މ. އެމޭޒަން)
 2. މުހައްމަދު ޒަހީން (ދަފްތަރު ނަންބަރު 8544)
 3. މުހައްމަދު އަފްޒަލް (މއ. ހިލްސްޓަން)
 4. ޑރ. މުހައްމަދު މުނީޒް (ހ. އެލްޕާޝޯ)
 5. އަރްހަމް އަބްދުއްރަހީމް (ދަފްތަރު ނަންބަރު 290)
 6. އައިޝަތު ހުސެއިން މަނިކް (ހ. ރީނދޫ ކޮކާގެ)
 7. ހުސެއިން ހަމީދު (ގ.ތުނޑިވެލި)
 8. ޝުއައިބް އަބްދުއްރަހްމާން (ދަފްތަރު ނަންބަރު 1188)
 9. އަހްމަދު އަދީމް (މ. ރަބީއީގެ)
 10. ޑރ. މަރިޔަމް ޝަހުނީޒާ ނަސީރު (ހއ. ދިއްދޫ، ތިލަދޫ)
 11. ޔޫސުފް މާނިއު މުހައްމަދު (ގ. އަތަ)
 12. އައިމިނަތު ރުކްޝާނާ އިބްރާހިމް (މ. ލިއާގެ)
 13. އަބްދުލް އަޒީޒް ޔޫސުފް (ބ. މާޅޮސް، އަރުތަ)
 14. ރިޒްމީނާ (ދ. ކުޑަހުވަދޫ، ވައިލެޓްގެ)
 15. އަބްދުﷲ ރާޒީ (ޏ. ފުވައްމުލައް، ފުނާޑް ކޯޒީ)
 16. ޝަފީގާ ނައީމް (ފ.ނިލަންދޫ، ބީޗްސައިޑް)
 17. އަހްމަދު މޫސާ (ހ.އަމްސާ ވިލާ)
 18. އާދަމް ނައީމް (ހ.ފިނިބިން)
 19. މުހައްމަދު ހުޝާމް އަލީ (ހ. އާޒާދުވާދީ)
 20. ނާސިރާ ސޯދިގް ( މ. ތްރީ ބާޑް)
 21. އަލީ މުހައްމަދު މަނިކް (ދަފްތަރު ނަންބަރު 1851)
 22. ހުސެއިން ރަޝީދު ޔޫސުފް (ދަފްތަރު ނަންބަރު 2065)
 23. މަރިޔަމް ސައީދާ އިބްރާހިމް (މ. ކޮކާ ހަނދުވަރުގެ)
 24. ހައްވާ ވަޖުދާ (ލ. ގަން. ތުނޑި)
 25. ހަދީޖާ ނައީމް (މ. ރަންވަރަ)
 26. މިންނާ ނާފިޒް (މ.ލިލީޒް)

އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން އެ ކޮމިޝަންގެ މެމްބަރު ކަމަށް އެދޭ ފަރާތްތަކުގެ 11 ޝަރުތެއް ހަމަވާން ޖެހެ އެވެ. އޭގެ ތެރޭގައި 30 އަހަރު ފުރި ބުއްދި ހަމައަށް ހުރި މުސްލިމު ދިވެެއްސަކަށް ވުމުގެ އިތުރަށް ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވުމާ އެކު، ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި މީހަކަށް ވާން ޖެހެ އެވެ.

އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމުގެ އިތުރަށް، ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ މުވައްޒަފަކަށް ވެގެން ނުވާނެ ކަމަށާއި، އެފަދަ އިދާރާއެއްގެ މުވައްޒަފެއްގެ ގާތް ތިމާވެ މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް ޝަރުތުތަކުގައިވެ އެވެ.

comment ކޮމެންޓް