ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރަވާނެ، ހޫނުމިން ދަނީ ދަށަށް: މެޓް

މިއަދު ގއ. ދާންދޫއަށް ވާރޭ ވެހިފައި -- ފޭސްބުކް ފޮޓޯ/ މުހައްމަދު ޒާހިރު.

ހޫނު ގަަ ދުވަސްތަކަކަށްފަހު ވިއްސާރަ ވުމުގެ އަލާމާތްތައް ފެންނަން ފަށާފައިވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

"ސަން" އާ ަވާހަކަ ދައްކަމުން މެޓް އޮފީހުން ބުނީ ކުރިއަށް އޮތީ ވިއްސާރަވާނެ ދުވަސް ތަކެއް ކަމަށާއި މިރޭވެސް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ފާއިތުވި ދުވަސްތަކަކީ ހޫނު ގަދަ ދުވަސްތަކެއް ނަމަވެސް، ދެން ހޫނު މިން ދާނީ ދަށްވަމުން،" މެޓުން ބުންޏެވެ.

މިއަދު ރާއްޖޭގެ ބައެއް ހިސާބުތަކަށް ވާރޭ ވެހިފައި ވެއެވެ. މާރިޗު މަހުގެ ހޫނު ގަދަ ދުވަސްތަކަށް ފަހު ރާއްޖޭގެ އެކި ހިސާބުތަކަށް ފުރަތަމައަށް ވާރޭ ވެހޭން ފަށަނީ ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ 14 ހާ ތާނގައެވެ.

ފާއިތުވި މަހެއްހައި ދުވަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވި އެއް ދުވަސްތަކެވެ. މީގެ ކުރިން މެޓުން ބުނެފައިވަނީ ހޫނު ގަދަ ދުވަސްވަރު ހޫނުމިން 33 ޑިގްރީ އަށް އަރާ ކަމަށެވެ.

https://sun.mv/117154

ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ މެންދުރު ނަމާދަށްފަހު އިސްތިސްގާ ނަމާދު ކުރަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް