އަތޮޅުތެރޭގެ ސިއްހީ ހާލަތު ހުރީ ކަންބޮޑުވާ ދަރަަޖައެއްގައި: ހެލްތު މިނިސްޓަރު

ހެލްތް މިނިސްޓަރ އަމީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަތޮޅުތެރޭގެ ރަށްރަށުގެ ސިއްހީ ހާލަތު ހުރީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ސިއްހީ ދުވަހާ ގުޅިގެން ހެލްތު މިނިސްޓަރު މިއަދު ހަވީރު މީޑީއާތަަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި ސިއްހީ ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ރަށްރަށުގައި ހުރި ބޮޑެތި ގޮންޖެހުންތަކަށް ހައްލެއް އައިސްގެން މުޅި ރާއްޖޭގެ ސިއްހީ ނިޒާމްއަށް ދިމާވެފައިވާ މައްސަލަތައް ހައްލުނުވާނެ ކަަމަށެވެ.

" އަޅުގަނޑު ރާއްޖޭގެ އަތޮޅުތަކަށް ހާއްސަކޮށް ރަށްރަށަށް ދާއިރު ސިއްހީ ހާލަތު އަޅުގަނޑުމެން ކަންބޮޑުވާ ދަރަޖައެއްގައި އެބަހުރި ވަސީލަތާ މީހުނާ އަދި ހިދުމަތް ދިނުމުގެ އިންތިޒާމްތަކަށް ބެލާކަމަށްވާނަމަ ބޮޑެތި ބަދަލުތައް ގެންނަން އެބަޖެހޭ. ދެން އަޅުގަނޑު މީ ރަށްރަށަށް ގޮސްފައި ރަށްރަށުގެ ސިއްހީ ހާލުބެލިއިރުގައި އެމްބިއުލެންސާ ޑޮކްޓަރުން ހަމަކުރުމާއި އަދި ސިއްހީ ހިދުމަތްތައް ދޭ ތަންތަނަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތާ އިމާރާތުގެ ދަތިކަމާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ވަރަށް ގިނަ." މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ޓަަކައި ބަޖެޓް ހޯދުމަށް ޓަކައި ފައިސާ ހޯދަން ކުރަން ޖެހޭ މަސައްކަތްތަކާ އަދި ފެންވަރު ރަނގަޅު ކުރުމަށްޓަކައި އުސޫލުތަކަާއި ކަނަތައްތައްތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަދި ސިއްހީ ހިދުމަތް ދިނުމަށް ޓަކައި ހޮސްޕިޓަލްތައް ގްރޭޑް ކުރެވިފައި ހުރި ގޮތާއި މީ އާބާދީއާ ރަށް އޮންނަ ހިސާބާއި އަދި އެރަށަށް ދަތުރުފަތުރު ކުރުމުގެ ވަސީލަތްތައް ހުންނަ ގޮތާއި މި މިންވަރަށް ބަލައި ހިދުމަތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި މަސައްކަތް ކުރަން ޖެހޭ." މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް