އިންޑޮނީޝިއާ އަށް ބިންހެލުމެއް އައިސް ސުނާމީއެއްގެ އިންޒާރު

ބިންހެލުން އައި ސަރަހައްދު --

އިންޑޮނީޝިއާ އަށް އައި ބިންހެލުމަކާއެކު ސުނާމީއެއްގެ އިންޒާރު ދީފިއެވެ.

ރެކްޓާ މިންގަނޑުން 6.9ގެ ބާރުމިނުގައި އައި މި ބިންހެލުމުގެ އަސަރު ކޮށްފައިވަނީ އިންޑޮނީޝިއާގެ ސުލާވެސީ އައިލެންޑަށް ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނެއެވެ.

އިންޑޮނީޝިއާ ގަޑިން ރޭގަނޑު 7:40 ގައި އައި މި ބިންހެލުން އައިސްފައިވަނީ ސުލާވެސީ އައިލެންޑުގެ ބިމުގެ 17 ކިލޯ މީޓަރު އަޑިންނެވެ.

ބިންހެލުމާއެކު ސުނާމީގެ އިންޒާރު ދީފައިވާއިރު، ބިންހެލުމުގެ ސަބަބުން އެ ސަރަހައްދަށް ލިބުނު ގެއްލުން އަދި ސާފުވެފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ސުލަވެސީ އަށް އައި ބިންހެލުމާއި ބިންހެލުމާއި ގުޅިގެން އެރި ސުނާމީގައި 2000 މީހުން ވަނީ މަރުވެފައެވެ.

އިންޑޮނީޝިއާ އަށް އައި ބިންހެލުމުގެ އަސަރު ރާއްޖެ އަށް ކޮށްފަނެ ކަމަސް ލަފާ ނުކުރެވޭކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ބުނެފައެވެ.

ޖިއޮގްރަފީގޮތުން އިންދޮނީޝިއާ އޮންނަ ސަރަހައްދަކީ ގިނައިން ބިންހެލުން އަންނަ ސަރަހައްދެކެވެ. މިއަދު ބިންހެލުްނ އައި ސުލަވެސީގެ ރައްޔިތުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިޔުމުގެ މަސައްކަތް އިންޑޮނީޝިއާގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ.

comment ކޮމެންޓް