ގެސްޓްހައުސްއެއްގައި އަންހެނަކު ރޭޕްކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މާލޭގެ ގެސްޓްހައުސްއެއްގައި އަންހެނަކު ރޭޕްކުރަން އުޅެނިކޮށް ދެ މީހަކު މިރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 22:50 އެހައިކަންހާއިރު ހިނގި އެ ހާދިސާގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ދިވެހި ފިރިހެނަކާއި 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަންހެނަކު ހަޅޭއްލަވާ އަޑަށް ފުލުހުން އެ ގެސްޓްހައުސްއަށް ވަދެ ބެލިއިރު، ހަތަރު މީހަކު ވެގެން އަންހެނަކު ރޭޕްކުރަން އުޅުނު ކަމަށެވެ.

އެ މައްސާލައާ ގުޅިގެން އެކަކު ހައްޔަރުކޮށްފައި ވަނީ އެ ގެސްޓްހައުސްގެ ތެރެއިން ކަމަށާއި އަނެއް މީހާ ހައްޔަރުކޮށްފައި ވަނީ ގެސްޓްހައުސް އިން ނުކުމެގެން ފިލަން ދުވަނިކޮށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ގެސްޓްހައުސްއަށް ވަންނަކަން އެނގިގެން ދެ މީހަކު ފިލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން، އެ މީހުން ތިބި ކޮޓަރި ބަލައި ފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތަށި ތަކަކާއި ފުޅިއެއް ފެނިފައިވާ ކަމަށެވެ.

comment ކޮމެންޓް