ރަސްދޫގައި މޭކަޕް އެންޑް ހީނާ ބިގިނާސް ކްލާހެއް ބާއްވަނީ

އީމް ނިޒާމް މާލޭގައި ބޭއްވި ހީނާ މާސްޓާ ކްލާސް -- ސަން ފޮޓޯ

އީމް ނިޒާމް އިންތިޒާމު ކުރާ މޭކަޕް އެންޑް ހީނާ ބިގިނާސް ކްލާހެއް އއ. ރަސްދޫގައި ބާއްވަން ނިންމައިފިއެވެ.

ޒައި އާޓް އެތިކްސް އާ ގުޅިގެން ބާއްވާ މި ކްލާސްތައް އޮންނާނީ މިމަހުގެ 25 އިން 27 އަށް ޝެލޯ ލެގޫން ރަސްދޫގައެވެ. މިއީ މޭކަޕް އަދި ހީނާގެ އާޓް ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތަކަށް ވާނެއެވެ.

މި ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 10 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް އޮންނާނެއެވެ.

މީގެ ކުރިންވެސް މިފަދަ ކްލާސްތައް އީމް ނިޒާމް ވަނީ ޒައި އާޓް އެތިކްސް އާ ގުޅިގެން އައްޑޫ ސިޓީ ގައިވެސް ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމުގައި ހީނާގެ އުކުޅުތައް ދަސްކޮށްދޭނީ ހީނާ ބައި ޝަމް އެވެ. މޭކަޕް ކްލާސްތައް ނަގައިދޭނީ ޒައި އާޓް އެތިކްސްގެ ފަރާތުންނެވެ.

comment ކޮމެންޓް