ކޮންމެ ގޭބިސީއަކަށް ދެ ލެޑް ބޮކި ބަހަން ނިންމައިފި

ގޭބިސީތަކަށް ދޫކުރާ ލެޑް ބޮކިތައް ފެނަކައާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ އަހުމަދު އަވުޝަން އިލްޔާސް

ކަރަންޓުގެ ހިދުމަތް ބޭނުންކުރާ ކޮންމެ ގޭބިސީއަކަށް ދެ ލެޑް ބޮކި ބަހަން ނިންމައިފިއެވެ.

މިއީ އިންޑިއާގެ އިންޑިއާގެ އެނާޖީ އެފިޝަންސީ ސާވިސަސް ލިމިޓެޑް (އީއީއެސްއެލް)އިން ރާއްޖެއަށް ހަދިޔާ ކުރި 200،000 ލެޑް ބޮކިތަކުގެ ތެރެއަށް ގޭބިސީތަކަށް ދޫކުރާ ލެޑް ބޮކިތަކެކެވެ. އެ ލެޑް ބޮކީގެ ތެރެއިން ފުރަތަމަ ހަވާލުކުރާ 50،00 ލެޑް ބޮކި ގޭބިސީތަކަށް ފޯރުކޮށްދިނުމަށް އެންވާރަމަންޓް މިނިސްޓްރީން ވަނީ ފެނަކަ ކޯޕަރޭޝަނާއި މިއަދު ހަވާލުކޮށްފައެވެ.

އެ ބޮކިތައް ހަވާލުކުރީ މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ބޮކިތައް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދާއި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެންވާރަންމަންޓް ޑރ. ހުސައިން ރަޝީދު ހަސަނެވެ.

ގޭބިސީތަކަށް ދޫކުރާ ލެޑް ބޮކިތައް ފެނަކައާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ އަހުމަދު އަވުޝަން އިލްޔާސް

އެންވާރަމަންޓް މިނިސްޓްރީން ބުނީ އެ ބޮކިތައް ގޭބިސީތަކަށް ދޫކުރާނީ ފެނަކަ ކޯޕަރޭޝަނުން ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން ކަރަންޓުގެ ހިދުމަތް ބޭނުންކުރާ ކޮންމެ ގޭބިސީއަކަށް ދެ ބޮކި ލިބޭނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވާރަމަންޓް މިނިސްޓަރު ވިދާޅުވީ ފެނަކައާއި ހަވާލުކުރި ލެޑް ބޮކިތަކަކީ ތިމާވެއްޓާ ރަހުމަތްތެރި، ކަރަންޓު ހަރަދު ކުޑަ ލެޑް ބޮކިތަކެއް ކަމަށާއި އަދި އެ 200,000 ބޮކިން ދުވާލަކަށް 9،600 ޔުނިޓުގެ ކަރަންޓު ސަލާމަތްކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް