އައިސީއެސް މޯލްޑިވްސްއިން ރަސްދޫ ސާފު ކުރަނީ

އައިސީއެސް އިން ދިއްފުށީގައި ކުރިއަށްގެންދިޔަ ކްލީނިން ކުއެސްޓު -- ފޮޓޯ: އައިސީއެސް

އައިސީއެސް މޯލްޑިވްސްގެ ސީއެސްއާރުގެދަށުން އއ. ރަސްދޫގައި ކްލީނިން ކުއެސްޓެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ރަށުތެރެއާއި ހޭޅިފަށް އަދި ގޮނޑުދޮށް ސާފުކޮށް ބޭއްވުމަށް ހޭލުންތެރިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދަން ނިންމާފައިވާ މި ކްލީނިން ކުއެސްޓް ކުރިއަށް ގެންދަން ނިންމާފައިވަނީ މިމަހުގެ 26 ވާ ހުކުރު ދުވަހުއެވެ.

އައިސީއެސް މޯލްޑިވްސް އިން ވަނީ މީގެ ކުރިން ބ. ދަރަވަންދޫ އާއި އއ. މަތިވެރި އަދި ކ. ދިއްފުށީގައި ވެސް ކްލޯނިން ކުއެސްޓެއް ކުރިއަށް ގެންގޮސްފައެވެ. މި ތިން ހަރަކާތުން 400 ކިލޯ އަށް ވުރެ ގިނަ ޕްލާސްޓިކް ވަނީ ރިސައިކަލް ކޮށްފައެވެ.

އައިސީއެސް އިން ބުނީ ކްލީނިން ކުއެސްޓު ކުރިއަށްގެންދާ ރަށްރަށުގެ ކައުންސިލާއި، ރައްޔިތުން، ކެފޭ ރެސްޓޯރެންޓު އަދި ޖަމްއިއްޔާ ތަކާޢި ގެސްޓްހައުސްތަކުގެ ފަރާތުން އެ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ.

ކްލީނިން ކުއެސްޓުގައި ބައިވެރިވުމަށް ރަސްދޫއަށް ދާން ބޭނުން ފަރާތްތަކަށް އެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ. ޓްރާންސްފާ އާއެކު 500 ރުފިޔާ ޓްރާންސްފާ ބޭނުން ނޫންނަމަ 200 ފީ އެއް ދައްކަން ޖެހެއެވެ.

comment ކޮމެންޓް