މައުރީނާއަށް އެންމެ ކަމުދާ ފަސް ކެއުން!

އާމިނަތު މައުރީނާ-- ފޮޓޯ/ އިންސްޓަގްރާމް

އާމިނަތު މައުރީނާ (މައު) އަކީ ދިވެހިންނަށް އާ މޫނެއްނޫނެވެ. ޓީވީއެމްގެ ޕްރޮގްރާމްތަކުން މީހުންގެ ލޯބި ހޯދި މައު އަކީ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ބެލުންތެރިންގެ މަގްބޫލު ހޯދާފައިވާ ފަންނާނެކެވެ.

އޭނާގެ އިންސްޓަގްރާމް އެކައުންޓް ފުރާލައިފައި ވަނީ އޭނާ އެކި ގައުމުތަކަށް ދަތުރުކޮށް ކުރާ ތަޖުރިބާތަކުންނެވެ.

މި ފަހަރު މި ގެނެސްދެނީ މައުރީނާ އަށް އެންމެ ކަމުދާ ފަސް ކެއުމެވެ.

ރިހާކުރު، ބަތް އަދި ތެލުލި ފަތް

ސުފުރާ މަތީ ކިތަންމެ ކާއެއްޗެހި ގިނަވި ނަމަވެސް ރިހާކުރާ ބަތާ ތެލުލި ފަތާ ހުރި ނަމަ އަބަދުވެސް ކެވެނީ އެ ކެއުން ކަމަށް މައު ބުންޏެވެ. އެ ނޫން އެހެން ކެއުމެއް އިހްތިޔާރުވެސް ނުކުރެވޭ ކަމަށް މައުރީނާ ބުންޏެވެ.

ރިހާކުރު ބަތް އަދި ތެލިލު ފަތް---

އިންޑިއަން ފުޑް

ލިސްޓުގެ ދެވަނައިގައި މައުރީނާ ހިމެނީ އިންޑިއަން ފުޑްއެވެ. ހާއްސަކޮށް ބަޓާ ޗިކަން އާ ނާން ވަރަށް ކަމުދާ ކަމަށް މައުރީނާ ބުންޏެވެ. އިންޑިއަން ފުޑްގެ ކޮންމެ އެއްޗެއް ވެސް މީރު ކަމަށާއި އިންޑިއަން ސްޕައިސް ވެސް މައުރީނާ އަށް ކަމުދާ ކަމަށެވެ. އޭނާ ބުނީ ގޭ ބަދިގޭގައި ވެސް އެ އެ ތަކެތި ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ހުރުމަކީ މަޖުބޫރުކަމެއް ކަމަށެވެ.

ބަޓާ ޗިކަން އާއި ނާން---

ތައި ފުޑް

ތައި ފުޑްސްގެ ގިނަ ވައްތަރު ކަމުދާ ކަމަށް އޭނާ ބުންޏެވެ. ލިސްޓުގެ ތިން ވަނައިގައި އެ ކެއުން ހިމެނީ އެހެންވެއެވެ. ހާއްސަކޮށް ފްރައިޑް ޗިކަން އާއި ތައި ސްޓައިލް ރައިސް ވަރަށް މީރު ކަމަށް މައު ބުންޏެވެ. މައު ބުނީ އެ ކެއުން ފުރިހަމަ ވާނީ ފަޅޯ ސެލެޑެއް ހަދާ ކުޅިކޮށް ކާލުމުން ކަމަށެވެ.

ތައި ފުޑް---

އިޓަލިއަން ފުޑް

ލިސްޓުގައި ކޮންމެހެން ހިމަނަންޖެހޭ ކެއުމަކަށް އިޓަލިއަން ފުޑް ވިއެވެ. ޕާސްތާ، ސްޕެގެޓީ އަދި އޮލިއޯ ކަހަލަ ކާނާ މީރު ކަމަށް އޭނާ ބުންޏެވެ. މައުރީނާ ބުނީ ކައްކާއިރު ގިނައިން ކެއްކެނީ ކޮންމެވެސް އިޓަލިއަން ޕާސްތާ އަދި ސްޕެގެޓީ ކަމަށެވެ. އަދި ކެއުން ޗީޒް ވުމުން މާ މީރު ކަމަށްވެސް ބުންޏެވެ.

އިޓަލިއަން ޕާސްތާ---

ޖަޕަނީސް ފުޑް

ލިސްޓުގެ ފަސް ވަނައިގައި މައުރީނާ ހިމަނާލީ ޖަޕާނު ކެއުމެވެ. މި ފަހުން އެ ކެއުން ވަރަށް ކަމުދިޔަ ކަމަށާއި އެ މީހުންގެ ކައްކާ ޓެކްނިކް ވަރަށް ޝައުގުވެރިވުމުން އިތުރަށް ކާ ހިތްވާ ކަމަށް މައު ބުންޏެވެ. އޭގެ ތެރެއިން ވެސް އެންމެ ކަމުދަނީ ޖަޕަނީސް ޓެމްޕޫރާ އެވެ. ހޫނުކޮށް މުރަނަވުމުން މާ މީރު ކަމަށް ވެސް އޭނާ ބުންޏެވެ.

ޖަޕަނީސް ޓެމްޕޫރާ---

comment ކޮމެންޓް