އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންނަކީ ޓެރަރިސްޓުން ކަމަށް އެމެރިކާއިން ކަނޑައަޅައިފި

އެމެރިކާއިން ވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް އެމެރިކާއިން ވަނީ ކަނޑައަޅާފަ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (އޭޕްރިލް 9): އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް އެމެރިކާއިން ކަނޑައަޅައިފި އެވެ.

އެއީ ބޭރު ގައުމެއްގެ އަސްކަރިއްޔާއަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް އެމެރިކާއިން ކަނޑައެޅި ފުރަތަމަ ފަހަރެވެ. އެނިންމުމާ ގުޅިގެން އީރާނުން ވަނީ އެމެރިކާއަކީ ޓެރަރިޒަމް ސްޕޮންސާ ކުރާ ދައުލަތެއް ކަމަށާއި މެދުއިރުމަތީގައި ތިބި އެމެރިކާގެ ފައުޖުތަކަކީ ވެސް ޓެރަރިސްޓުން ކަމަށް ބުނެފަ އެވެ.

އަދި އެމެރިކާ އިން އެފަދައިން ނިންމީ ސަރަހައްދީ ގޮތުން އީރާނުގެ ނުފޫޒުގަދަވުމުގެ ސަބަބުންނާއި އިސްލާމިކް ސްޓޭޓާ ދެކޮޅަށް ކުރި ހަނގުރާމައިގައި އެގައުމުން ހޯދި ކާމިޔާބީއާ ގުޅިގެން ކަމަށް ބުނެފަ އެވެ.

އިއްޔެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ކަނޑައެޅީ އެގައުމުން ޓެރަރިސްޓު ހަރަކާތްތަކަށް އެއްބާރުލުން ދެމުންދާތީ އެވެ. އަދި އެފަދަ ހަރަކާތްތަކުގައި ރިވޮލިއުޝަނަރީ ގާޑުން ބައިވެރިވާތީ އެވެ.

އެމެރިކާގެ އެނިންމުމާއެކު ރިވޮލިއުޝަނަރީ ގާޑްސްއާ ގުޅުން ހުރި ފަރާތްތައް އެގައުމަށް ދިޔުން ހުއްޓުވައި، އެމީހުންނާ ދެކޮޅަށް ދައުވާ ކުރެވޭނެ އެވެ.

comment ކޮމެންޓް