ޖާބިރު ތުހުމަތު ކުރަނީ ގެސްޓް ހައުސް ރޯކޮށްލި ކަމަށް، މައްސަލަ ފުލުހަށް

އއ. މަތިވެރީގައި ހުންނަ ޖާބިިރުގެ ގެސްޓް ހައުސްގައި ރޯވި އަލިފާން ގަނޑުު ---

ކާށިދޫ ދާއިރާގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ އަބްދުﷲ ޖާބިރު، އއ. މަތިވެރީގައި ހިންގާ ކްލަބް މޯލްޑިވްސް (ކަސާ މިއާ މޯލްޑިވްސް) ގެސްޓް ހައުސްއެއްގައި އަލިފާން ރޯކޮށްލި ކަމަށް އޭނާ ތުހުމަތު ކޮށް އެ މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، އެ ރަށު ގެސްޓްހައުސްގައި ރޯވަމުން ދިޔަ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

އެކަމާ ގުޅިގެން ޖާބިރު ވިދާޅުވީ، އެ ގެސްޓް ހައުސްއަކީ އޭނާ އެ ރަށު މީހެއްގެ އަތުން ގަނެފައިވާ ގެސްޓް ހައުސްއެއް ކަމަށާއި މީގެ ހަފްތާއެއް ކުރިން ގެސްޓް ހައުސްގެ ހުރިހާ ޕޭމަންޓެއް ވެސް ދައްކައި ހަލާސް ކޮށްފަައިވާ ކަމަށެވެ.

އއ. މަތިވެރީގައި ހުންނަ ޖާބިިރުގެ ގެސްޓް ހައުސްގައި ރޯވި އަލިފާން ގަނޑުު ---

"ޢެތަން ހުޅުވަން ރެޑީކޮށް އެތައް މިލިއަން ޑޮލަރެއް އިންވެސްޓްކޮށްފައި ވަނިކޮށް، ޑަން އަންދާލީ،" ރައިސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ މަގާމުގައި ވެސް ހުންނެވި ޖާބިރު ވިދާޅުވި އެވެ.

އެ ގެސްޓް ހައުސްގެ އެގްރީމެންޓް ބާތިލް ކޮށް އެ ތަން އޭނާ އަތުން ނެގުމަށް އެރަށުގެ ކައުންސިލުން މަސައްކަތް ކުރަމުން އަންނަކަން ޖާބިރު ފާހަގަކުރެއްވި އެވެ.

"ކައުންސިލްގެ ރައީސާއި ކައުންސިލްގައި ދެން ތިބި މެންބަރުން ބޭނުންވަނީ އެތަން އަޅުގަނޑުގެ އަތުން އަތުލަން. އަތުލައި އެހެން ބަޔަކަށް ޑީލެއް ކުރަން،" ޖާބިރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަަރު އިމްރާން އަބްދުﷲގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސްގެ ސަމާލު ކަމަށް ވެސް މިހާރު އެ މައްސަލަ ގެނައިސްފައިވާ ކަން ޖާބިރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އެ ފަރާތްތަކުގެ މަޝްވާރާގެ މަތިން މިހާރު ވާނީ ގެސްޓް ހައުސް ރޯކޮށްލި މައްސަލަ ފުލުހަށް ހުށަހަޅާފައި ކަމަށެވެ.

comment ކޮމެންޓް