ގެއެއްގައި ހުރި ސައިކަލެއް މަގުމައްޗަށް ނެރެ ރޯކޮށްލައިފި

ރޯކޮށްލި ސައިކަލު-- ފޮޓޯ/ ފުލުހުން

ސ. ފޭދޫ ބޯޅަ ދަނޑު ކައިރީ ހުރި ސައިކަލެއް މަގުމައްޗަށް ނެރެ ރޯކޮށްލައިފި އެވެ.

ފުލުހުން މިއަދު ބުނީ ރޭ ފަތިހު 4:50 އެހާކަންހާއިރު އެ ހާދިސާގެ ހަބަރު ލިބުނު ކަމަށާއި އެ ގެ ކައިރިއަށް ދިޔައިރު އެގޭ ތެރޭގައި ހުރި ސައިކަލެއް މަގުމައްޗަށް ނެރެ އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ.

އެ ހާދިސާގައި ސައިކަލް ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުުހުން ބުންޏެވެ.

comment ކޮމެންޓް