އިމްޕޯޓް އެކްސްޕޯޓް ލިޔެކިޔުންތައް ނިންމާނެ ވަގުތުތައް އަލުން ކަނޑައަޅައިފި

ކަސްޓަމްސް ސަރަހައްދު --- ސަން ފޮޓޯ/ޖަޒްލާން މުހައްމަދު

އިމްޕޯޓް އެކްސްޕޯޓް މުދާ ކްލިއާ ކުރުމަށް ކަސްޓަމްސްއަށް ހުށަހަޅާ ލިޔެކިއުން ނިންމުން މިހާރަށްވުރެ ހަލުވިކުރުމަށްޓަކައި ޑިކްލަރޭޝަން ނިންމާ "ސާވިސް ސްޓޭންޑެޑް" ނުވަތަ ހިދުމަތުގެ މިންގަނޑު މުރާޖައާކޮށް އަލުން އެކުލަވާލައިފިއެވެ.

ހިދުމަތުގެ މިންގަނޑުގައި ހިމެނެނީ ޑިކްލަރޭޝަނެއްގައި ހިމެނޭ އައިޓަމްތަކުގެ އަދަދު ނިސްބަތުން އެ ޑިކްލަރޭޝަނެއް ކަސްޓަމްސްއިން ނިންމައި ދިނުމަށް އެންމެ ގިނަވެގެން ހޭދަވާނެ ކަމަށް ކަސްޓަމްސްއިން ކަނޑައަޅާފައިވާ ވަގުތެވެ.

ކަސްޓަމްސްއިން ބުނީ އެ ފަދަ މިންގަޑެއްގެ ސަބަބުން އިމްޕޯޓް އެކްސްޕޯޓްއާއި ގުޅޭ ކަންކަން ދުރާލާ ރޭވުމާއިއެކު، ވިޔަފާރިީގެ ޙަރަދުތައް ކުޑަކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އަދި އޭގެ އިތުރުން އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅޭގޮތުން ކަސްޓަމްސްއިން ފޯރުކޮށްދޭ ޚިދުމަތްތައް ލިބިގަތުމުގައި މިހާރަށްވުރެ އަވަސްވެ ކަސްޓަމްސްގެ ހިދުމަތުގެ ފެންވަރު ރަނގަޅުވެ ހާމަކަން އިތުރުވެގެންދާނެ ކަމަށް އެ މުވައްސަސާއިން ބުންޏެވެ.

ނަމަވެސް ހިދުމަތުގެ މިންގަނޑުގައި ކަނޑާއަޅާފައިވާ ވަގުތުތަކަށް ޑިކްލަރޭޝަން ނިންމައި ދެވޭނީ ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޑިކްލަރޭޝަން ނިންމުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަވާނަމަކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ ޑިކްލަރޭޝަނެއް ކަސްޓަމްގައި ރަޖިސްޓަރީ ވުމުން އެ ޑިކްލަރޭޝަނެއް ނިންމައި ދިނުމަށް އެންމެ ގިނަ ވެގެން ހޭދަވާނެ ވަގުތު، މުދާ އިމްޕޯޓް ކުރައްވާ ފަރާތްތަކަށާއި ކަސްޓަމްސް ބްރޯކަރުންނަށް އެބޭފުޅެއްގެ ޕޯޓަލް މެދުވެރިކޮށް ބަލާލެވެން ހުންނާނެ ކަމަށެވެ.

ކަނޑުމަގުން އަންނަމުދަލަށް ހުށަހެޅޭ ޑިކްލަރޭޝަންތަކުގެ ޚިދުމަތުގެ މިންގަނޑު (އައިޓަމްގެ އަދަދާއި ވަގުތު)

  • 01 އައިޓަމް އާ 05 އައިޓަމް އާ ދޭތެރޭ - 4 ގަޑިއިރު
  • 06 އައިޓަމް އާ 10 އައިޓަމް އާ ދޭތެރޭ - 6 ގަޑިއިރު
  • 11 އައިޓަމް އާ 25 އައިޓަމް އާ ދޭތެރޭ - 10 ގަޑިއިރު
  • 26 އައިޓަމް އާ 50 އައިޓަމް އާ ދޭތެރޭ - 16 ގަޑިއިރު
  • 51 އައިޓަމް އާ 75 އައިޓަމް އާ ދޭތެރޭ - 20 ގަޑިއިރު
  • 76 އައިޓަމް އާ 100 އައިޓަމް އާ ދޭތެރޭ - 24 ގަޑިއިރު
  • 101 އައިޓަމް އާ 150 އައިޓަމް އާ ދޭތެރޭ - 28 ގަޑިއިރު
  • 151 އައިޓަމް އާ 200 އައިޓަމް އާ ދޭތެރޭ - 32 ގަޑިއިރު
  • 201 އައިޓަމް އާ 250 އައިޓަމް އާ ދޭތެރޭ - 38 ގަޑިއިރު
  • 250 އައިޓަމް އާ 300 އައިޓަމް އާ ދޭތެރޭ - 44 ގަޑިއިރު

ވައިމަގުން އަންނަމުދަލަށް ހުށަހެޅޭ ޑިކްލަރޭޝަންތަކުގެ ޚިދުމަތުގެ މިންގަނޑު (އައިޓަމްގެ އަދަދާއި ވަގުތު)

  • 01 އައިޓަމް އާ 03 އައިޓަމް އާ ދޭތެރޭ - 3 ގަޑިއިރު
  • 04 އައިޓަމް އާ 10 އައިޓަމް އާ ދޭތެރޭ - 5 ގަޑިއިރު
  • 11 އައިޓަމް އާ 25 އައިޓަމް އާ ދޭތެރޭ - 7 ގަޑިއިރު
  • 26 އައިޓަމް އާ 50 އައިޓަމް އާ ދޭތެރޭ - 9 ގަޑިއިރު
  • 51 އައިޓަމް އާ 75 އައިޓަމް އާ ދޭތެރޭ - 10 ގަޑިއިރު
  • 76 އައިޓަމް އާ 100 އައިޓަމް އާ ދޭތެރޭ - 12 ގަޑިއިރު
  • 101 އައިޓަމް އާ 150 އައިޓަމް އާ ދޭތެރޭ - 14 ގަޑިއިރު
  • 151 އައިޓަމް އާ 200 އައިޓަމް އާ ދޭތެރޭ - 16 ގަޑިއިރު
  • 201 އައިޓަމް އާ 250 އައިޓަމް އާ ދޭތެރޭ - 20 ގަޑިއިރު
  • 250 އައިޓަމް އާ 300 އައިޓަމް އާ ދޭތެރޭ - 24 ގަޑިއިރު
comment ކޮމެންޓް