އެޕަލް އިން ޗައިނާގައި ވިއްކާ އައިފޯނުގެ އަގު ހެޔޮކޮށްފި

އެޕަލް ގެ އައިފޯނު އެކްސް އެސް -- ސަން ފޮޓޯ: އަވްޝަން އިލްޔާސް

އެޕަލް އިން ޗައިނާގައި ވިއްކާ އައިފޯނުގެ އަގު ހެޔޮކޮށްފިއެވެ.

އައިފޯނުގެ އިތުރުން އައިވޮޗް، އައިޕެޑް، އަދި އެޕަލްގެ ޗައިނީޒް ވެބްސައިޓުގަައި ޝާއިއުކޮށްފައިވާ ގިނަ އުފެއްދުންތަކެއްގެ އަގު ވަނީ ހެޔޮކޮށްފައެވެ.

އެޕަލް އިން އެކުންފުނީގެ އުފެއްދުންތަކުގެ އަގު ޗައިނީޒް މާކެޓުގައި ހެޔޮކޮށްފައި މިވަނީ ޗައިނާގެ ވެލިޔު އެޑެޑް ޓެކްސް ނަގަމުން އައި މިންވަރުން ތިން ޕަސެންޓު ކުޑަ ކުރުމުންނެވެ. އެޕަލް އިން ވަނީ ޗައިނީޒް މާކެޓުގައި ވިއްކާ އައިފޯނު އެކްސްއެސް މެކްސްގެ އަގު ތިން ޕަސެންޓަށް ވުރެ ބޮޑުކޮށް ހެޔޮކޮށްފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

އެޕަލް އިން ޗައިނާގައި ވިއްކާ އުފެއްދުންތަކުގެ އަގުހެޔޮކޮށްފައި މިވަނީ ޗައިނީޒް މާކެޓުގައި އެޕަލްގެ އުފެއްދުންތަކަށް ލިބުނު ފައިދާ ވަރަށް ބޮޑުތަން ދަށަށް ގޮސްފައިވަނިކޮށެވެ.

ހާއްސަކޮށް ސްމާޓްފޯނުގެ ބާޒާރުގައި އެޕަލް އާ މިހާރު އެންމެ ވާދަވެރި ވާވޭ ގެ އިތުރުން ޗަައިނީޒް ބްރޭންޑުތައް ކަމަށްވާ ޒިއޯމީ، އޮޕޯ އަދި ވީވޯ ފަދަ ބްރޭންޑުތަކަށް ޗައިނީޒް މާކެޓުގައި ބޮޑު ޑިމާންޑެއް އޮވެއެވެ.

comment ކޮމެންޓް