ނަޖިސްއަޅައިގެން ދުއްވާ ސައިކަލެއް ޖަޕާނުން އުފައްދައިފި

ފިއުލްގެ ގޮތުގައި އިންސާނުންގެ ނަޖިސް ބޭނުންކޮށްގެން ދުއްވާ ސައިކަލެއް ޖަޕާނުން އުފައްދައިފި އެވެ.

ފާހާނާ އުފެއްދުމަށް މަޝްހޫރު ޖަޕާނުގެ ޓޯޓޯ ކުންފުނިން އުފެއްދި "ޓޮއިލެޓް ބައިކް ނިއޯ"ގެ ނަން ދީފައިވާ ސައިކަލްގައި ހިމެނެނީ ތަފާތު ގޮތަކަށް އުފައްދާފައިވާ ފާހާނާއަކާއި މޯބައިލް ލެބޯޓްރީއެއް ކަމަށް ޓޯޓޯ ކުންފުންޏާ ހަވާލާދީ އިނގިރޭސިވިލާތުގެ ޑެއިލީމެއިލްގައިވެ އެވެ.

ޓޮއިލެޓް ބައިކް ދުއްވާ ފަރާތްތަކުން އޭގައިވާ ފާހަނާ ވީވަރަކުން ބޭނުން ކުރުމަށް ޓޯޓޯ ކުންފުނިން ބާރުއަޅަ އެވެ. އެއީ އެސައިކަލްގެ އިންޖީނަށް ބޭނުންވާ ބަޔޯފިއުލް އުފައްދަނީ އެއަށް އަޅާ ނަޖިހުން ކަމަށް ވާތީ އެވެ.

ގަޑިއަކު 50 މޭލުގެ ބާރުމިނުގައި ދުވާ ތިން ފުރޮޅުލީ ސައިކަލްގެ ސަބަބުން ޖަޕާނުގައި ޖައްވަށް ބޭރުކުރާ ކާބަން ކުރިއަށް އޮތް ހަ އަހަރުގެ ތެރޭގައި 50 ޕަސެންޓް ދަށް ކުރުމަށް އެގައުމުން ކުރާ މަސައްކަތަށް އެހީއަކަށް ވާނެ ކަމަށް ސައިކަލް އުފެއްދި ކުންފުނިން އުއްމީދުކުރެ އެވެ.

ޖަޕާނުގައި 600 މޭލުގެ ދަތުރެއް މިހާރު ކުރަމުންދާ ޓޮއިލެޓް ބައިކް އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު އެ ގައުމުގެ ވެރިރަށް ޓޯކްޔޯއަށް ފޯރާނެ ކަމަށް ޓޮޓޯ ކުންފުނިން އުއްމީދުކުރެ އެވެ. ޓޮއިލެޓް ބައިކް އޭގެ ދަތުރު ފެށީ ޓިކަކްޔޫޝޫގައި ހުންނަ ޓޮޓޯގެ ހެޑްކުއާޓަރުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު