ނަބީ ބޭކަލުންގެ ބިންތައް 18 - ޔޫނުސުގެފާނު

ގަދީމީ ނައިނަވާ ޝަހަރުގެ ދޮރޯށި --

ޢިރާޤު، ނުވަތަ ދެ ކޯރުގެ ދެމެދުގައި ވާ ބިމަކީ އިންސާނީ ޙަޟާރާތުގެ އެންމެ ދުވަސްވީ ތާރީހުތަކާ ގުޅިފައިވާ ބިމެކެވެ. ޢިރާޤުގެ ބިމަކީ މުއްސަނދި ބިމެކެވެ. ވަސީލަތްތައް ގިނަ ބިމެކެވެ. މި ސަބަބަށް ޓަކައި ވަރަށް ގިނަ ޢަދަދެއްގެ މީހުން ވަނީ ޢިރާޤަށް ހިޖުރަ ކޮށްފައެވެ. އަދި ހަމަ އެހެންމެ ވަރަށް ގިނަ ނަބީބޭކަލުންގެ ތާރީހާ ވެސް ވަނީ އިރާގުގެ ބިން ގުޅިފައެވެ.

ޢިރާޤުގެ ގަދީމީ ރަށްތަކުގެ ތެރެއިން މައުސިލް އަކީ ވަރަށް ފާހަގަ ކޮށްލެވޭ ރަށެކެވެ. ދިޖުލަތު ކޯރުގެ އައްސޭރީގައި އޮންނަ މި ރަށަށް އާރާމީ ބަހުން ކިޔަނީ ނައިނަވާއެވެ.

"ނައިނަވާ ވެފައި ވަނީ ތާރީހުގައި ވަރަށް މުހިއްމު ރަށަކަށް. އެއީ ޙަޟާރަތެއްގެ ވެރިރަށް. އެއީ ދެ ކޯރުގެ ދެމެދުގައި އޮތް ވަރުގަދަ ޙަޟާރަތެއްގެ މައި މަރުކަޒު. އެ ރަށުގެ އަހުލުވެރީންނަކީ ތައުހީދުގެ މަތީގައި ތިބި ބައެއް. އެމީހުންނަށް ޝައިޠާނާ ވަސްވާސް ދީ ﷲ އަށް ޝިރުކު ކުރުމުގެ ނުބައި އާދަތަކުގެ ތެރެއަށް ގެނބުނު." ޑރ. ޒަޣްލޫލުއްނައްޖާރު ވިދާޅުވިއެވެ.

މައުސިލްގައި ހުރި އެންމެ ގަދީމީ އެއް އާސާރަކީ ސަލާމް ލެއްވި ޔޫނުސްގެފާނަށް ނިސްބަތް ކުރެވޭ އާސާރެކެވެ.

comment ކޮމެންޓް