މާލޭގެ 2500 މަގުބައްތި ލެޑް ލައިޓަށް ބަދަލުކުރަނީ

މާލޭގެ 2500 މަގުބައްތި ލެޑް ލައިޓަށް ބަދަލުކުރަން ފެށުމަށް އިފްތިތާހްކުރި ޕްރޮގްރާމްގެ ތެރެއިން---ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓަރީ

މާލޭގެ މަގުތައް ދިއްލުމަށް ހަރުކޮށްފައިވާ 2500 މަގުބައްތި ލެޑް ލައިޓަށް ބަދަލުކުރަން ނިންމައިފިއެވެ.

މަގުބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުމުގެ ޕްރޮގްރާމެއް މިއަދު ވަނީ އެންވަޔަރަމަންޓް މިނިސްޓްރީން އިފްތިތާހްވެސް ކޮށްފައެވެ. އެ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

މިއީ ރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓްރީއާއި އިންޑިއާގެ އެނާޖީ އެފިޝަންސީ ސާވިސާސް ލިމިޓެޑް (އީއީއެސްއެލް) އާ ދެމެދު ވެވެނު އެއްބަސްވުމެއްގެ ދަށުން އިފްތިތާހް ކުރި ޕްރޮގްރާމެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްވަކަވަމުން މިނިސްޓަރު ވިދާޅުވީ މިއީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ދުނިޔެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އިންޑިއާއި ދިވެހިރާއްޖެ ގުޅިގެން އެކުގައި މަސައްކަތްކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި ވިދާޅުވީ އެޕްރޮގްރާމުގެ ސަބަބުން މާލޭގެ މަގުތަށް ބޭނުންކުރުމަށް އިތުރަށް ފަސޭހަވެ ރައްކާތެރިވެގެންދާކަމަށެވެ.

އެ ރަސްމިއްޔާތުގައި އިންޑިއާގެ ސަފީރު މރ. ސަންޖޭ ސުދިރް ދެއްކެވި ވާހަކަފުޅުގައި ދެމެހެއްޓެނިވި ތަރައްގީއަށް އެކުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ވަނީ ފާހަގަކުރައްވައިފައެވެ.

މާލޭގެ 2500 މަގުބައްތި ލެޑް ލައިޓަށް ބަދަލުކުރަން ފެށުމަށް އިފްތިތާހްކުރި ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓަރީ

އަދި އިންޑިއާގައި ކާމިޔާބުކަމާއިއެކު ހިންގުނު 'އުންނަތް ޖޯތީ ބައި އެފޯޑަބަލް ލެޑްސް ފޮރ އޯލް (އުޖާލާ)' އަދި 'ސްޓްރީޓް ލައިޓިންގ ނެޝަނަލް ޕްރޮގްރާމް (އެސްއެލްއެންޕީ)' ޕްރޮޖެކްޓްގެ އެނަރޖީ އެފިޝަންޓް ޓެކްނޮލޮޖީތައް ރާއްޖެއަށް ފޯރުކޮށްދީ މާލޭގެ މަގުތައް އަލިކޮށް ރައްކާތެރި މާހައުލެއް ޤާއިމްކުރުމަށް އެހީތެރިވެދެވުމަކީ އިންޑިއާއަށް ލިބޭވަރަށް ބޮޑު އުފަލެއްކަމަށް ސަފީރު ވިދާޅުވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީއާ އީއީއެސްއެލް އާ ދެމެދު ވެފައިވާ ފަހުމުނާމާގެ ދަށުން، ކަރަންޓުގެ ޚަރަދު ކުޑަ ލެޑް ބޮކި ގޭބިސީތަކަށް ބެހުމަށްވެސް ވަނީ އެއްބަސްވެވިފައެވެ. އެ މަޝްރޫއަކީވެސް އީއީއެސްއެލް އިން އިންޑިއާގައި ކާމިޔާބުކަމާއެކު ހިންގާފާއިވާ އުޖާލާ އަދި އެސްއެލްއެންޕީ ނަމޫނާއަކަށް ބަލައިގެން ހިންގާ ޕްރޮގުރާމެކެވެ.

ތިމާވެއްޓަށް ފައިދާވުމުގެ އިތުރުން ލެޑް ބޮތްކަކީ ގިނަދުވަހު ގެންގުޅެވި، ބޮޑަށް އަލިކޮށްދޭ އަދި ހަކަތަ ސަމަކާރަ (ޢެފިޝަންޓް)ކޮށްދޭ އާލާތެކެވެ. މިމަޝްރޫއުގެ ސަބަބުން 66.61 މިލިއަން ކިލޯވޮޓް އަވަރ ގެ ހަކަތަ ސަލާމަތްކުރެވި، 291 މިލިއަން ރުފިޔާގެ ޚަރަދު ސަލާމަތްކުރެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް