ޑާކްރެއިންގެ ދެ ފިލްމަކަށް ކާސްޓުން ހޯދަނީ!

ޑާކްރެއިން އެންޓަޓެއިންމެންޓުން ނެރުނު ބައެއް ފިލްމުތަކުގެ ޕޯސްޓަރެއް...

ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސް، ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ފިލްމު ކުންފުނި ޑާކްރެއިން އެންްޓަޓެއިންމެންޓުގެ ކުރިއަށް ހުރި ފިލްމުތަކަށް ކާސްޓުން ހޯދަން އިއުލާން ކޮށްފިއެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ސަން އަށް ބުނީ ކާސްޓުން ހޯދަން އިއުލާން ކުރީ ކުރިއަށް އޮތް ދެ ފިލްމު "ނޮވެމްބަރު" އަދި ޑައިރެކްޓަރު ޝިނާންގެ ބިރުވެރި ފިލްމަށް ކަމަށެވެ.

ޑާކްރެއިންގެ ފިލްމުތަކަށް އަންހެން އަދި ފިރިހެން އެކްޓަރުން ބޭނުންވާ ކަމަށްވެސް މޮގާ ވަނީ ބުނެފައެވެ.

އެކްޓުކުރަން ބޭނުންވާ ފަރާތްތަކުން ޑާކްރެއިންގެ އޮފިޝަލް އީމެއިލް އެޑްރެހަށް މެއިލް ކުރަމުން ގެންދަންވީ ކަމަށެވެ.

ޑާކްރެއިންގެ ފިލްމުތަކަށް ކާސްޓުން ހޯދަން ވަނީ އިއުލާންކޮށްފައި--- ފޮޓޯ/ ޑާކްރެއިން

"ޝައުގުވެރިކަން ހުންނަ ކޮންމެ ފަރާތެއް ވެސް މެއިލް ކުރަމުންދާންވީ. ނަމާއި އަހަރު އަދި ފޯނު ނަމްބަރު ޖަހާފައި. މެއިލް ކުރުމުގެ ފަހު ތާރީހަކީ އަންނަ މަހުގެ ފުރަތަމަ ދުވަސް،"

މެއިލް ކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ވާ ފަރާތްތަކަށް އޮޑިޝަން ބާއްވާނެ އެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓަކީ ދިވެހި ފިލްމު އިންޑަސްޓްރީއަށް އާ މޫނު ތަކެއް ތައާރަފް ކޮށްދޭ ފިލްމު ކުންފުންޏެވެ.

comment ކޮމެންޓް