މަހްލޫފްގެ ސަސްޕެންޝަނާ މެދު ގޮތެއް ނިންމުން ފުލުހުންގެ ތަހުގީގަށްފަހު

މަހްލޫފް: އޭނާގެ ސަސްޕެންޝަނާ ގުޅޭގޮތުން ގޮތެއް ނިންމަނީ ފުލުހުންގެ ތަހުގީގަށްފަހު -- ސަން ފައިލް ފޮޓޯ

ކޮރަޕްޝަނުގެ ތުހުމަތެއް ކުރެވޭތީ ސަސްޕެންޑްކޮށްފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްއާ މެދު ގޮތެއް ނިންމާނީ ފުލުހުން ހިންގާ ތަހުގީގަށްފަހު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު، އިބްރާޙިމް ހޫދު ވިދާޅުވެއްޖެއެވެ.

މަހުލޫފްގެ ކޮރަޕްޝަން މައްސަލައެއް ނެތް ކަމަށް އޭސީސީއިން މިމަހު 14 ވަނަ ދުވަހު ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ހޫދު އިއްޔެ "ސަން"އަށް ވިދާޅުވީ، އޭސީސީގެ އެ ނިންމުން ރައީސް ސޯލިހަށް މިދިޔަ ބުރާސްފަތި ދުވަހު އެންގި ކަމަށާއި އޭސީސީން ހިންގި ތަހުގީގު މިހާރު ފުލުހުންނާ ހިއްސާކުރެވިފައިވާ ކަމަށެވެ.

އަދި ރައީސް ސޯލިހު މަހްލޫފްގެ ސަސްޕެންޝަނާ ގުޅޭގޮތުން ގޮތެއް ނިންމަވާނީ ފުލުހުންގެ ތަހުގީގަށް ފަހު ކަމަށް ހޫދު ވިދާޅުވިއެވެ.

https://sun.mv/116772

އެމްއެމްޕީއާރުސިގެ ހިޔާނާތުގެ ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އާންމު ކުރި އިރު، މަހްލޫފާއެކު ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

އެ ރިޕޯޓުން ފާހަގަވި ކަންތައްތައް އޭސީސީން ވަނީ ފުލުހުންނާ ހިއްސާކުރައްވާފައެވެ. އަދި އެ މައްސަލަތައް ފުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ފުލުހުން މިހާރު ދަނީ، ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނާ ގުޅިގެން ތަހުގީގުކުރަމުންނެވެ.

އެ ތަހުގީގާ ގުޅެގޮތުން ތަފްސީލެއް މިހާތަނަށް ފުލުހުންވެސް އަދި ރިޔާސީ ކޮމިޝަނުންވެސް ހާމަ ކޮށްފައެވެ ނުވެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ ކަމަށާއި އެމައްސަލައިގެ ފުރިހަމަ ޖަވާބުތައް ހޯދާނެ ކަމަށެވެ.

https://sun.mv/117193

އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގު ރިޕޯޓުގައިވާ ގޮތުން، ހިޔާނާތުގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި، އެސްއޯއެފް އެކައުންޓުން އަކްރަމްގެ އެކަންޓަށްވެސް 30،000 ޑޮލަރު (462،600 ރުފިޔާ) ޖަމާކޮށްފައިވާ ކަމަށެވެ.

އަކްރަމްގެ މައްސަލައާ ގުޅޭގޮތުން ހޫދުއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ، އަކްރަމްގެ މައްސަލައިގެ ތަފްސީލު އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އޭސީސީ ރިޕޯޓުގައިވާގޮތުން މިނިސްޓަރު މަހުލޫފުގެ އެކައުންޓަށް އެސްއޯއެފްގެ އެކައުންޓުން ވަނީ 33،000 ޑޮލަރު (508،860 ރުފިޔާ) ވަދެފައެވެ.

މަހުލޫފު ވިދާޅުވެފައިވަނީ އެސްއޯއެފްގެ އެކައުންޓުން އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ އޭނާގެ އާއިލާގެ ބޭފުޅަކު ހިންގި ފިހާރައަކަށް ޑޮލަރު ގަންނަން ކޮށްފައިވާ މުއާމަލާތެއް ކަމަށެވެ. އަދި އެ މުއާމަލާތް މަހުލޫފުގެ އެކައުންޓު މެދުވެރިކޮށް ކޮށްފައިވަނީ އޭނާގެ ކޮއްކޮ (ވިޔަފާރި ކުރި ފަރާތުގެ) ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށްވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

https://sun.mv/115483

މަހްލޫފު މީގެ ކުރިން ވިދާޅުވެފައި ވަނީ އޭނާ ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބެލުމަށްފަހު ގޯހެއް ހެދިފައިވާކަން ސާބިތުވެއްޖެނަމަ އިސްތިއުފާ ދެއްވާނެކަމަށެވެ.

އެމްއެމްޕީއާރުސީއިން ދޫކުރި 57 ރަށާއި ފަޅަކަށް އެ ކޯޕަރޭޝަނަށް 77.4 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު، އެ ކޯޕަރޭޝަނަށް ލިބިފައި ވަނީ 12 މިލިއަން ޑޮލަރު ކަން އޭސީސީން ނެރުނު ތަހުގީގު ރިޕޯޓުން ވަނީ ހާމަވެފައެވެ.

comment ކޮމެންޓް