"ޑޯރާ"ގެ ފިލްމެއް ހަދަނީ، ޓްރެއިލާ ނެރެފި

ފިލްމުގެ ޕޯސްޓަރެއް---

ދެހާސް ވަނަ އަހަރު ގެނެސްދޭން ފެށި ކާޓޫން "ޑޯރާ"ގެ ފިލްމެއް ހަދާ އޭގެ ޓްރެއިލާ ދައްކާލައިފި އެވެ.

"ޑޯރާ އެންޑް ލޮސްޓް ސިޓީ އޮފް ގޯލްޑް"ގެ ނަމުން އެ ފިލްމަށް ނަން ދީފައިވާ އިރު އެ ފިލްމުގައި ޑޯރާގެ ރޯލުން ފެންނާނީ އިޒަބެލް މޯނާ އެވެ.

ކާޓޫންގައި ފެނުނު ކުޑަ ރާމާމަކުނު ވެސް ފިލްމުން ފެނިގެން ދެ އެވެ. ފިލްމުގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އެ ފިލްމަށް އިންތިޒާރުކުރާ ކަމަށް ބެލުންތެރިން ބުނެއެވެ.

ޓްރެއިލާގައި ޖަންގަލީގެ ތެރެއިން ޑޯރާ ފެންނަ އިރު އޭނާގެ ހަޔާތް ބަދަލުކޮށްލަނީ އާންމު މީހުންގެ ތެރެއަށް އޭނާ ނުކުންނަ ހިސާބުންނެވެ.

ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ އޯގަސްޓް މަހުގެ އެއް ވަނަ ދުވަހު އެވެ.

މިއަހަރަކީ ގިނަ ކާޓޫންތަކެއްގެ ފިލްމު ގެނެސްދޭ އަހަރެކެވެ. އެގޮތުން 'އަލާއްދީން'، 'ލަޔަން ކިންގް' އަދި 'ޑަމްބޯ' ހިމެނެ އެވެ.

comment ކޮމެންޓް