ދިރާގުގެ މުވައްޒަފުންގެ މެދުގައި ބޭއްވުނު "ޑެސްކަޕް" ފުޓްސަލް މުބާރާތް ނިންމާލައިފި

ދިރާގުގެ މުވައްޒަފުންގެ މެދުގައި ބޭއްވުނު "ޑެސްކަޕް" ފުޓްސަލް މުބާރާތް ނިންމުމުގެ ހަފުލާގެ ތެރެއިން --- ފޮޓޯ/ ދިރާގު

ދިރާގު މުވައްޒަފުންގެ މެދުގައި ބާއްވާ 15 ވަނަ އަހަރީ ފުޓްސަލް މުބާރާތް "ޑެސްކަޕް 2019" ނިންމާލައިފި އެވެ.

ކުޅިވަރުގެ ރޫހާއި މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަން އާލާކުރުމަށް ދިރާގު މުވައްޒަފުންގެ މެދުގައި 2005 ވަނަ އަހަރުން ފެށިގެން ވިދި ވިދިގެން ކޮންމެ އަހަރަކު ބާއްވާ ފުޓްސަލް މުބާރާތް ކަމުގައިވާ ދިރާގު އެމްޕްލޮއީސް ސޮކަރ ކަޕް ނުވަތަ "ޑެސްކަޕް" ވަރަށް ކުލަ ގަދަ ހަފުލާއަކާއި އެކު މިދިޔަ ހުކުރު ދުވަހު ވަނީ ނިންމާލާފަ އެވެ.

ދިރާގުގެ މުވައްޒަފުންގެ މެދުގައި ބޭއްވުނު "ޑެސްކަޕް" ފުޓްސަލް މުބާރާތް ނިންމުމުގެ ހަފުލާގެ ތެރެއިން --- ފޮޓޯ/ ދިރާގު

މި މުބާރާތް ކުރިއަށް ގޮސްފައިވަނީ 16 މާރިޗް އިން 22 މާރިޗް 2019 އަށެވެ. މި މުބާރާތް ކުރިއަށްގެންދިޔައީ ލީގް ސިސްޓަމަށް ޖުމްލަ 3 ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ، މެންސް ޕްރިމިއަރ ލީގް، މެންސް ސުޕަރ ލީގް އަދި ވިމެންސް ފިއެސްޓާ އެވެ.

މިއަހަރުގެ މެންސް ޕްރިމިއަރ ލީގު ފައިނަލުގައި "ވޯކަމޮލީސް" އަދި "ރޮކް ޔުނައިޓެޑް" ބައްދަލު ކުރި މެޗް 3-0 އަކުން ކާމިޔާބު ކޮށްފައިވަނީ "ވޯކަމޮލީސް" އެވެ. މެންސް ސުޕަރ ލީގު ފައިނަލުގައި "އެނބުރިގޭސް ޔުނައިޓެޑް" އަދި "ނޭނގެ ނޭނގެ" ބައްދަލު ކުރި މެޗް 5-1 އަކުން ކާމިޔާބު ކޮށްފައިވަނީ "އެނބުރިގޭސް ޔުނައިޓެޑް" އެވެ.

ވިމެންސް ފިއެސްޓަރ ގެ ފައިނަލުގައި "ސޭލްސް ގަރލްސް" އަދި "ސީއެސްސީ ފޯރސް" ބައްދަލުކުރި މެޗް 2-1 އަކުން ކާމިޔާބު ކުރީ "ސޭލްސް ގަރލްސް" އެވެ. މީގެ އިތުރުން ހޮވާލެވުނު އިނާމު ތަކުގެ ތެރޭގައި ކޮންމެ ޑިވިޝަނަކުން ޓޮޕް ސްކޯރާ، ފެއަރ ޕްލޭ ޓީމް، ބެސްޓް ޕްލޭޔަރ އަދި ޑްރީމް ޓީމްސް ހިމެނެއެވެ.

ހަ ސަތޭކައަށް ވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މަސައްކަތްކުރަމުން ދާއިރު، ދިރާގަކީ ސައްތައަކުން 99 ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންޏެކެވެ. މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމަށް އަދި މުވައްޒަފުންގެ ތެރޭގައި ދުޅަހެޔޮ ސިއްހަތް ޕްރޮމޯޓު ކުރަން ދިރާގުން ދަނީ ތަފާރު ހަރަކާތްތަށް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދަމުންނެވެ. "ޑެސްކަޕް" އަކީ ވެސް މި މޭރުމުން ދިރާގުން ހިންގާ ގިނަހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް