ވަރުގަދަ ކެމެރާ ހިމެނޭ ވާވޭ ޕީ30 ޕްރޯ މާދަމާ ދައްކާލާނެ!

ވާވޭ ޕީ30

ވާވޭގެ އެންމެ ފަހުގެ ފޯނު ވާވޭ ޕީ30 ޕްރޯ މާދަމާ ލޯންޗު ކުރާނެއެވެ.

ވާވޭ ޕީ30 ޕްރޯ ރަސްމީކޮށް ލޯންޗު ކުރާނީ މާދަމާ ފްރާންސްގެ ޕެރިސްގައި ބާއްވާ އިވެންޓެއްގައެވެ.

މި ފޯނަކީ މިހާރު ބާޒާރުގައި ހުރި ފޯނުތަކާ އަޅާބަލާއިރު ވަރުގަދަ ކެމެރާއެއް ހިމެނޭ ފޯނެކެވެ. ޕީ 30 ޕްރޯގެ ކެމެރާއަކީ 10 ގުނައަށް ޒޫމްކޮށްލެވޭނެ ކެމެރާއެކެވެ. ބެކް ކެމެރާގެ ގޮތުގައި ހަތަރު ކެމެރާ ހިމަނާފައިވާއިރު މެއިން ލެންސަކީ 40 މެގަޕިކްސެލްގެ ކެމެރާއެކެވެ. ދެން ހިމެނެނީ ވައިޑް ލެންސްގެ އިތުރުން ފޮޓޯގެ އިންޑެޕްޓް ކެޕްޗާކުރާނެ ހާއްސަ ލެންސެކެވެ. މި ފޯނުގެ ފްރޮންޓް ކެމެރާ އަކީ 32 މެގަ ޕިކްސެލްގެ ސެލްފީ ސްޕެޝަލް ކެމެރާއެކެވެ.

މި ފޯނަކީ ދުރު ފޮޓޯނަގާ ޒޫމްކުރަން އެއްވަނައަށް ވާނެއެވެ. ވާވޭއިން ވަނީ މީގެ ޓެސްޓް ޓީޒާއެއް އެމީހުންގެ ޓްވިޓާގައިވެސް ދައްކާލައިފައެވެ.

ފޯނުގެ ދެ ކެމެރާ ބޭނުންކޮށްގެން އެއް ވަގުތެއްގައި ދެ ވީޑިއޯ ނެގޭ މި ފޯނުން ވޯޑިއޯ ކުރާއިރު 50 ގުނައަށް ވީޑިއޯ ކުރެވޭނެއެވެ. މިއީ މާކެޓުގައި ހުރި ވާދަވެރި ފޯނުތަކާ އަޅާބަލާއިރު ފަސް ގުނަ އިތުރު އަދަދެކެވެ

https://sun.mv/116817

މި ފޯނަކީ ދުރު ފޮޓޯނަގާ ޒޫމްކުރަން އެއްވަނައަށް ވާނެއެވެ. ވާވޭއިން ވަނީ މީގެ ޓެސްޓް ޓީޒާއެއް އެމީހުންގެ ޓްވިޓާގައިވެސް ދައްކާލައިފައެވެ.

މި ފޯނަކީ ވަޔަލެސް ޗާޖިން ގެ އިތުރުން ރިވާސް ޗާޖިން ސަޕޯޓުކުރާނެ، އިން ސްކްރީން ފިންގާ ޕްރިންޓް ސްކޭނަރު ހިމެނޭނެ ފޯނެކެވެ. މި ފޯނުގައި ހިމަނާފައި ވަނީ ވާވޭގެ ކިރިން 980 އޮކްޓާ ކޯ ޗިޕްސެޓެކެވެ. އަށް ޖީބީގެ ރެމްއަކާއި 128 ޖީބީގެ އިތުރުން 256 ޖީބީ އަދި 512 ޖީބީގެ ސްޓޯރޭޖު ހިމެނޭ ފޯނުތައް ނެރޭނެއެވެ. މި ފޯނަކީ 5ޖީ ސަޕޯޓު ކުރާނެ ފޯނެކެވެ. ފޯނުގައި ޓިއާ ޑްރޮޕް ނޮޗް އެއް ހިމަނާފައިވާ އިރު މިއީ ވާވޭގެ މިހާރު ހުރި ފޯނުތަކަށް ވުރެ ބޮޑު ފޯނަކަށް ވާނެ އެވެ. ޕީ30 ޕްރޯގައި 6.47 އިންޗި ހުންނާނެ ކަމަށް ބެލެވެ.

މި ފޯނަކީ 5ޖީ ސަޕޯޓު ކުރާނެ ފޯނެކެވެ. ފޯނުގައި ޓިއާ ޑްރޮޕް ނޮޗް އެއް ހިމަނާފައިވާ އިރު މިއީ ވާވޭގެ މިހާރު ހުރި ފޯނުތަކަށް ވުރެ ބޮޑު ފޯނަކަށް ވާނެ އެވެ. ޕީ30 ޕްރޯގައި 6.47 އިންޗި ހުންނާނެ ކަމަށް ބެލެވެ.

މި ފޯނަށް ޕްރީއޯޑާ މާދަމާ ނަގަން ފަށާނެއެވެ. ފޯނުގެ އަގު އުޅެނީ 858 އެމެރިކާ ޑޮލަރުން ފެށިގެންނެވެ.

comment ކޮމެންޓް