އައްޒަ އެންމެ ދާން ބޭނުންވަނީ މި ފަސް ގައުމަށް

ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ ޑިމާންޑިން ބަތަލާ މަރިޔަމް އައްޒަ-- ފޮޓޯ/ ފޭސްބުކް

ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ ބާރަށް ފިޔަޖަހަމުން އަންނަ ތަރިއަކީ މަރިޔަމް އައްޒަ އޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އައްޒަގެ ކޮންމެ މަސައްކަތެއް ވެސް ބެލުންތެރިން ބަލައިގަތީ ލޯތްބާއެކުގަ އެވެ. ގިނަ ފީޗާ ފިލްމުތަކުން އައްޒަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފެނިގެންދިޔަ އިރު މި އަހަރަކީ ވެސް އައްޒައަށް ވަރަށް ބިޒީ އަހަރެކެވެ.

މިފަހަރު މިގެނެސްދެނީ އައްޒަ އެންމެ ދާ ހިތްވާ ފަސް ގައުމުގެ ލިސްޓެކެވެ.

ގްރީސް

ލިސްޓުގެ އެންމެ ކުރީގައި އައްޒަ ހިމަނާލީ ގްރީސް އެވެ. އަބަދު ވެސް އެންމެ ދާހިތްވާ އެކަމަކު އަދި މިހާތަނަށް ވެސް ނުދެވި އޮތް ގްރީސް އައްޒައަށް އެންމެ ކަމުދަނީ އެ ގައުމު ތަފާތުވީމަ އެވެ. އައްޒަ ބުނާ ގޮތުން ނަމަ 'ގްރީސް ސަޅި' ވީމަ އެވެ.

ގްރީސް- އައްޒަ އެންމެ ދާން ބޭނުންވާ ގައުމު---

ބާލީ

އިންޑޮނޭޝިއާ ރަށެއް ކަމަށްވާ ބާލީއަކީ "ފޭވަރިޓް" ލިސްޓުގެ ދެވަނައަށް އައްޒަ ހިމެނި މަންޒިލެވެ. ތަފާތު ކަންތައްތައް ތަޖުރިބާކުރުމަށް އަދި އެކި ގައުމުތަކަށް ދަތުރުކުރާ ހިތްވާ އައްޒައަށް އަދި ބާލީއަށް ދިޔުމުގެ ފުރުސަތެއް ލިބިފައެއް ނެތެވެ. ބާލީއަކީ އެންމެ ހިތްގައިމު އެއް މަންޒިލުކަމަށް އައްޒަ ސިފަކުރެ އެވެ.

ބާލީ- އައްޒަ އެންމެ ދާން ބޭނުންވާ ފަސް މަންޒިލުގެ ތެރޭގައި ހިމެނޭ--

އޮސްޓްރިއާ

ލިސްޓުގެ ތިންވަނައަކީ ސެންޓްރަލް ޔޫރަޕްގައި ހިމެނޭ އޮސްޓްރިއާ އެވެ. އެ ގައުމު ހިތްގައިމުވެފައި، އައްޒަ އެންމެ ދާހިތްވާ ގައުމުތަކުގެ ލިސްޓަށް އޮސްޓްރިއާ ވަނީ ހިމެނިފަ އެވެ.

އޮސްޓްރިއާ- އައްޒަ އެންމެ ދާން ބޭނުންވާ ފަސް ގައުމުގެ ތެރޭގައި ހިމެނޭ--

ފިންލޭންޑް

އައްޒަ އެންމެ ދާ ބޭނުންވާ ގައުމުތަކަކީ ކޮބައިތޯ ސުވާލުކުރުމުން ފަސް ގައުމު ހޮވާލަން އައްޒައަކަށް ފަސޭހައެއް ނުވި އެވެ. ލިސްޓް ތަރުތީބުކުރަމުން ދިޔަ އިރު ފިންލޭންޑް ލިސްޓުގައި ކޮންމެހެން އިންނަންޖެހެ އެވެ.

ފިންލޭންޑް- އައްޒަ އެންމެ ދާން ބޭނުންވާ ފަސް ގައުމުގެ ތެރޭގައި ހިމެނޭ--

އައިސްލޭންޑް

ކޮންމެވެސް ދުވަހަކުން މި ފަސް ގައުމަށްދާން އައްޒަ އަޒުމް ކަނޑައަޅައިގެން ހުރިއިރު ލިސްޓުގެ ފަސްވަނަގައި އޭނާ ހިމަނާލީ އައިސްލޭންޑެވެ. އެ ގައުމުގެ ހާއްސަ ތަންތަން ބަލަލައިލާ ފޮޓޯ ނަގާލަން އައްޒަ ބޭނުމެވެ. "އައިސްލޭންޑް ހަމަ ސަޅީ" ކަމަށް އޭނާ ބުންޏެވެ.

އައިސްލޭންޑް--އައްޒަ އެންމެ ދާން ބޭނުންވާ ފަސް ގައުމުގެ ތެރޭގައި ހިމެނޭ--

comment ކޮމެންޓް