ފުވައްމުލަކު މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ޏ.ފުވައްމުލައް--

އާދީއްތަ ދުވަހުގެ ރޭ ފަތިހު ފުވައްމުލަކުގައި ތޫނު އެއްޗަކުން ހަމަލާދީ 17 އަހަރުގެ ކުއްޖަކު ޒަހަމް ކޮށްލި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ފުވައްމުލަކުން ރޭ ދެ މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށެވެ. ހައްޔަރު ކޮށްފައިވަނީ 22 އަހަރުގެ ދެ މީހުން ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ވަޅީން ހަމަލާ ދިނުމުގެ ސަބަބުން ކުއްޖާގެ ބޮލާއި އަަތް ވަނީ ޒަހަމް ވެފައެވެ. އެ ކުއްޖާގެ ހާލު ސީރިޔަސް ނޫން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެއެވެ.

އެ ކުއްޖާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި އަދިވެސް ދަނީ ފަރުވާދެމުންނެވެ.

https://sun.mv/117122

comment ކޮމެންޓް