އިންޑިއާގެ ކަލިންގާ ޔުނިވާސިޓީން ހުޅުވާލި ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ގައުމީ ޔުނިވާސިޓީން ސްކޮލަޝިޕްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

އިންޑިއާގައި ކަލިންގާ އިންސްޓިއުޓް އޮފް އިންޑަސްޓްރިއަލް ޓެކްނޮލޮޖީ ޔުނިވާސިޓީން ރާއްޖެއަށް ދިން ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެ ޔުނިވަސިޓީން ރާއްޖެއަށް ދީފައިވަނީ ބެޗްލަރސް ޑިގްރީގެ ޕާޝިއަލް ސްކޮލަޝިޕްތަކެެވެ.

އެ ޔުނިވާސިޓީން ހުޅުވާލި ސްކޮލަޝިޕްގެ ދަށުން އެމްބީބީއެސް، ޑެންޓިސްޓްރީ، ނާރސިން އާއި އާރކިޓެކްޗަރ ފިޔަވައި އެހެންދާއިރާތަކުން ކިޔެވެއެވެ. އޭގެ ތެރޭގައި އިންޖިނިއަރިންއާ ގުޅޭ ގިނަ ކޯސްތަކެެއް ހިމެނެއެވެ.

އެ ކޯސްތަކުގެ ޝަރުތުތަކުގެ ތެރޭގައި ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން ދަށްވެގެން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލްކޮށްފައިވުން ހިމެނެއެވެ.

އެ ސްކޮލަރޝިޕްގެ ދަށުން ކޯސް ފީގެ %50 ހަރަދާއި، ނޮން އޭސީ ހޮސްޓެލް އެކަމަޑޭޝަން، މެސް ފީ، ލެޕްޓޮޕްސް، ބުކްސް، ހެލްތް އިންޝޫރެންސް، ރެޖިސްޓްރޭޝަން ފީ އަދި އެގްޒަމިނޭޝަން ފީ ހަމަޖައްސައިދެވޭނެ ކަަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އަދި އެ އެ ސްކޮލަރޝިޕްގައި ކިޔަވަން ހުންނަވަން ޖެހެނީ ޔުނިވަރސިޓީގެ ހޮސްޓެލްގައި ކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އެ ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު ހަތަރުވަނަ ދުވަހުގެ 13:30ގެ ކުރިން ލިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް