ތޫނު އެއްޗަކުން ހަމަލާދީ ފުވައްމުލަކު ކުއްޖެއްގެ ބޯ ޒަހަމުކޮށްލައިފި

ޏ.ފުވައްމުލައް ---

ރޭ ފަތިހު ތޫނު އެއްޗަކުން ހަމަލާދީ ފުވައްމުލަކު ކުއްޖެއްގެ ބޮލާއި އަަތް ޒަހަމުކޮށްލައިފި އެވެ.

މި ހަމަލާގައި ޒަހަމްވެފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެކުއްޖާއަށް ހަމަލާދީފައިވަނީ ފުވައްމުލަކު ހޯދަޑު އަވަށުގައި ހުންނަ ގެސްޓްހައުސްއެއްގެ ކައިރީގައެވެ.

ހަމަލާގައި ޒަހަމްވި ކުއްޖާގެ ހާލަތާ ގުޅޭގޮތުން ފުވައްމުލަކު ހޮސްޕިޓަލުގެ ބަހެއް ނުލިބެއެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ ކުއްޖާގެ ހާލު ސީރިޔަސް ނޫން ކަމަށާއި އެ ކުއްޖާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށެވެ.

comment ކޮމެންޓް