ފޭސްބުކް ބޭނުންކުރާ އެތައް މިލިއަން މީހެއްގެ ޕާސްވޯޑު ހުރީ "ދިމާލަށް ފެންނަން"

ސޯޝަލް މީޑިއާ ޕްލެޓްފޯމު، ފޭސްބުކް ބޭނުން ކުރާ އެތައް މިލިއަން މީހުންގެ ޕާސްވޯޑު ފޭސްބުކްގައި މަސައްކަތްކުރާ 20،000 މުވައްޒަފުންނަށް އެނގޭ ކަމަށާއި އެމީހުންގެ އަތުގައި އެ ޕާސްވޯޑުތައް ލިޔެފައި އެބަހުރިކަމަށް ބުނެފިއެވެ.

ސެކިއުރިޓީ ރިސާޗަރު ބްރަޔަން ރެބްސް ބުނެފައިވަނީ 600 މިލިއަން މީހުންގެ ޕާސްވޯޑު މިގޮތަށް ޕްލެއިން ޓެކްސްޓުކޮށް އެ މުވައްޒަފުންގެ އަތުގައި އެބަހުރި ކަމަށެވެ. މިއީ ސެކިއުރިޓީ ފެއިލިއާއެއްގެ ނަތީޖާ ކަމަށް ފޭސްބުކްގެ އޮފިޝަލަކާ ހަވަލާދީ އޭނާ ބުނެފައިވެއެވެ.

ފޭސްބުކްއިން ބުނީ ސެކިއުރިޓީ ރިވިއުގެ މަސައްކަތް ކުރަނިކޮށް އެ މައްސަލަ ފާހަގަވީ ޖެނުއަރީ މަހުގެ ތެރޭގައި ކަމަށާއި ފޭސްބުކްގެ މުވައްޒަފުން އެ ޕާސްވޯޑުތައް ބޭނުންކޮށްގެން ނުރަނގަޅު ކަމެއް ނުކުރާ ކަމަށެވެ. އެއީ މާސްކްނުކުރެވި ހުރި ޕާސްވޯޑުތަކެއް ކަމަށް ފޭސްބުކްއިން ބުނެފައި ވެއެވެ.

މިގޮތަށް ޕްލެއިން ޓެކްސްޓުކޮށް ނުވަތަ ލިޔެފައި ހުރީ ސީދާ ކޮން އެއްޗެއްކަން އެނގޭގޮތަށް ޕާސްވޯޑު ރައްކާކުރަން ފެށީ ކޮން އިރަކުކަމެއް ފޭސްބުކްއިން ބުނެފައެއް ނުވެއެވެ.

"މި ޕާސްވޯޑުތައް ފޭސްބުކްއިން ބޭރު އެއްވެސް މީހަކަށް ފެނިފައެއް ނުވޭ.އަދި ފޭސްބުކްގެ މުވައްޒަފުންވެސްް އޭގެ ނާޖާއިޒު ފައިދާ ނެގިކަމެއް ފާހަގަ ކުރެވިފައެއް ނުވޭ،" ފޭސްބުކްގެ ވައިސް ޕްރެޒިޑެންޓް ބުނެފައިވެއެވެ.

ފޭސްބުކްއިން ބުނީ އެމީހުން ހުރިހާ ޔޫޒަރުންގެ ޕާސްވޯޑް ރައްކާކުރަނީ މާސްކް ކޮށްގެން ކަމަށާއި އެއްވެސް މީހަކަށް ޕާސްވޯޑު ނޭނގޭނެ ކަމަށެވެ. މާސްކް ނުކުރެވި ހުރި ޔޫޒަރުންނަށް ފޭސްބުކް އިން ނޮޓިފިކޭޝަނެއް ފޮނުވާނެ ކަމަށްވެސް ފޭސްބުކް އިން ބުންޏެވެ.

ޔޫޒަރުންގެ ޕާސްވޯޑް އެންކްރިޕްޓް ކުރުމާއި ހޭޝް ކުރުމަކީ ސައިބާ ސެކިޔުރިޓީގައި ކޮންމެހެން ލާޒިމު ކަމެކެވެ. ފޭސްބުކް އަށް މި ދިވާމި މައްސަލަ ބަލަމުންދާއިރު އެ ކުންފުނި މިހާރު ލޭބަލްވެފައިވަނީ ޔޫޒަރުންގެ ސެކިޔުޓީ އަށް މާބޮޑު ސަމާލުކަމެއް ނުދޭ ބަޔެއްގެ ގޮތުގައެވެ.

comment ކޮމެންޓް