އެއްތަނުން އަނެއްތަނަށް ފައިސާ ގެންދާއިރު ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން އެދެފި

ފުލުހުންގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު: އޭނާ ވަނީ އެއްތަނުން އަނެއްތަަނަށް ފައިސާ ގެންދާއިރު ފުލުހުންގެ އެހީތެރިކަން ހޯދުމަށް އެދިވަޑައިގެންފައި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެއްތަނުން އަނެއްތަނަށް ފައިސާ ގެންދާއިރު ފުލުހުންގެ އެހީތެރިކަން ހޯދުމަށް އެ މުއަސަސާ އިން އިލްތިމާސްކޮށްފި އެވެ.

އެއްތަނުން އަނެއްތަނުން ގިނަ އަދަދެއްގެ ފައިސާ ގެންދާއިރު މިހާރަކަށް އިސް ފޭރުން ވަނީ އިތުރުވެފަ އެވެ. މިދިޔަ ދެފަތްތާ ތެރޭ އެފަދަ ދެ ހާދިސާއެއް ވަނީ ހިންގައިފަ އެވެ.

ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މުއަސަސާގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، މިހާރަކަށް އައިސް ކުންފުނިތަކުން ބޭންކަށް ފައިސާ ޖަމާކުރަންދާ މަގުމަތީގައި ބޮޑެތި ފޭރުމުގެ މަސައްލަތައް ހިނގަމުންދާ ކަމަށެވެ. އަދި އެގޮތަށް ބޮޑެތި އަދަދުތަކުގެ ފައިސާ ގެންދާ އިރު ފުލުުހުންގެ އެހީތެރިކަން ހޯދެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"ކުންފުނިތަކާއި އަމިއްލަ ރައްޔިތުން ވެސް ބޭންކަށް ފައިސާ ގެންދަވަން ބޭނުންފުޅުވާ ނަމަ، މާލޭގައި ނަމަ ފުލުހުންގެ އިންސްޓޮލޭޝަން ސެކުއުރިޓީގެ ހިދުމަތް ބޭނުން ކުރެއްވުމަށް،" ފުލުހުން އިލްތިމާސް ކުރައްވާ ކަމަށެވެ.

ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޒްމިއާ ވާހަކަށް ދައްވަކަވަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންސްޓޮލޭޝަން ސެކިއުރިޓީ ހިދުމަތަކީ، ފުލުހުންގެ އިސްޓޮލޭޝަން ސެކިއުރިޓީ ޑިޕާޓްމަންޓް އިން ފޯރުކޮށްދޭ މަނީ ޓްރާސްންސްފާ ސެކިއުރިޓީ، ނުވަތަ އެއްތަނުން އަނެއް ތަނަށް ރައްކާތެރިކަމާ އެކު ފައިސާ ގެންދިއުމަށް ފުލުހުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތެކެވެ.

އެ ހިދުމަތް މާލޭގައި ހޯއްދަވަން ބޭނުން ނަމަ، ގުޅުއްވާނީ، 9980068 އަކަށެވެ.

އިޒްމިއާ ވިދާޅުވީ، އަތޮޅުތެރޭގައި ނަމަ، ރަށެށްގެ ފުލުހުންގެ ޕޮލިސް ސްޓޭޝަނަކުން އެ ހިދުމަތް ލިބިވަޑައިގަތުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަތޮޅު ތެރޭގައި އެ އެއްތަނުން އަނެއްތަނަށް ބޮޑެތި އަދަދުން ފައިސާ ގެންދަވާ ނަމަ އެ ރަށެށްގެ ޕޮލިސް ސްޓޭޝަންގެ އެހީތެރިކަން ހޯއްދެވުމަށް އިޒްމިއާ އިލްތިމާސް ކުރެއްވި އެވެ.

އެއްތަނުން އަނެއްތަނަށް ފައިސާ ގެންދިއުމަށް ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުންގެ އިލްމާސް ކުރައްވާފައިވާ އިރު، ސަރުކާރުގެ މަސްކުންފުނި، މިސްފްކޯގެ ދެ މިލިއަން ރުފިޔާ ވަނީ އެއާޕޯޓަށް ގެންދަނިކޮށް ފޭރިގެންފަ އެވެ. އަދި މިދިޔަ ހަފްތާ އާދިއްތަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑީއާ (އެސްބީއައި) ބޭންކް ކާއިރިން ވަނީ 2.3 މިލިއަން ރުފިޔާ ފޭރިގެންފަ އެވެ. އެ ހާދިސާގައިވެސް ފޭރުނު ފައިސާތައް އަދި ވަނީ ނުފެނިފަ އެވެ.

މިއަހަރު މިހާތަނަށް ފުލުހުންނަށް ވައްކަމުގެ 805 މައްސަލައެއް ހުށަހެޅުނު އިރު، ފޭރުމުގެ 115 މައްސަލައެއް ވަނީ ހުށަހެޅިފަ އެވެ. އޭގެ ތެރޭގައި މިމަހު މިހާތަނަށް ވައްކަމުގެ 171 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އަދި ފޭރުމުގެ 34 މައްސަލައެއް ވަނީ ހުށަހެޅިފަ އެވެ.

comment ކޮމެންޓް