'ލަވް އާޖް ކަލް 2'ގެ ޕޯސްޓަރު ދައްކާލައިފި

ފިލްމުގެ ޕޯސްޓަރު: ފިލްމުގެ ލީޑުން ފެނިގެންދާނީ ސާރާ އަދި ކާތިކް---

ޑައިރެކްޓަރު އިމްތިއާޒް އަލީގެ ފިލްމު 'ލަވް އާޖް ކަލް 2'ގެ ޕޯސްޓަރު ދައްކާލައިފިއެވެ.

ބަތަލާ ސާރާ އަލީ ހާން އަދި ކާތިކް އާރްޔަން ފިލްމުގެ ލީޑު ރޯލުން ފެނިގެންދާއިރު އެ ފިލްމުގެ ޕޯސްޓަރުން ފެންނަނީ ސާރާ ކާތިކްގެ ކޮނޑުގައި ބޯ އަޅައިގެން އޮންނަ ތަނެވެ.

އެ ޕޯސްޓަރަށް ގިނަ ބަޔަކު ތައުރީފުކުރަމުން އަންނައިރު ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކަމަށް ހަބަރުތައް ބުނެއެވެ.

ދެހާސް ނުވަވަނަ އަހަރު ނުކުތް ފިލްމު 'ލަވް އާޖް ކަލް' އަކީ ދީޕިކާ ޕަދުކޯން އާއި ސައިފް އަލީ ހާން ލީޑް ރޯލުން ފެނިގެންދިޔަ ފިލްމެކެވެ.

އަންނަ އަހަރު ރިލީޒްކުރަނީ ފިލްމުގެ ސީކުއަލްއެކެވެ. ފިލްމުގެ ޝޫޓިން ވަނީ ދިއްލީގައި ފަށާފައެވެ.

comment ކޮމެންޓް