ވެރިފަރާތުން ޑެކް ބަންދުކޮށްފި

ކާނިވާ ސަރަހައްދުގައި ހުންނަ "ދަ ޑެކް"---ފޮޓޯ: ފޭސްބުކް

ކާނިވާ ސަރަހައްދުގައި ހުންނަ "ދަ ޑެކް"ގެ ނުތާހިރުކަމުގެ މައްސަލަ ހޫނުވެ، އެންމެ ފަހުން އެތަން ބަންދުކޮށްފި އެވެ.

އެ ތަނުގެ ނުތާހިރުކަމުގެ ވާހަކަ ފަހަކަށް އައިސް މީސްމީޑިއާގައި ވަނީ ވަރަށް ބޮޑަށް އާންމު ވެސް ވެފަ އެވެ. އެގޮތުން އެއް ކަސްޓަމަރަކު މީސް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި އެ ތަނުން ވިއްކާ މަސްހުންޏެއްގައި ފުޅައެއް އޮތް ތަން ފެނެ އެވެ. އަދި އޭގެ އިތުރުން އެހެން ވީޑީއޯއެއްގައި އެތަނުގައި މީދާ އުޅޭތަން ވެސް ވަނީ ފެނިފަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހުމަދު ނާސިރު މިއަދު ވިދާޅުވީ އެތަނުގެ ނުތާހިރުކަމުގެ ވާހަކަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު އެތަން އިންސްޕެކްޓްކުރަން ދިޔަ އިރު ޑެކްގެ ވެރިފަރާތުން އަމިއްލައަށް އެތަން ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Yum Haadi

Miadhu carniva therey inna Deck ah saiboan gossa negi disk mashuni ga oiy fulha eh. WHAT IF SOMETHING HAPPEN TO ME AND MY UNBORN BABY DUE TO THIS. WILL THEY BE ABLE TO TAKE RESPONSIBILITY FOR IT????...

"ދެން ވެރިފަރާތުން އެތަން ހުޅުވީމާ އެތަން އިންސްޕެެކްޓް ކުރެވޭނީ،" ނާސިރު ވިދާޅުވި އެވެ.

ކާބޯތަކެތި ވިއްކާ ތަންތަނުން ހިދުމަތް ދޭއިރު އެތަންތަނުން ވިއްކާ ތަކެއްޗަކީ ރައްކާތެރި ތަކެތިތޯ ކަށަވަރުކުރުމަށް އެޗްޕީއޭ އިން ބުނެފައިވާ ވަކި މިންތިއެއްގައި ހިފަހައްޓަން ޖެހެ އެވެ.

އެޗްޕީއޭ އިން މީގެ ކުރިން ވެސް ވަނީ ނުތާހިރު ތަންތަން ފާހަގަކުރެވޭ ތަންތަން ބަލައި އެތަންތަނާ މެދު ފިޔަވަޅު އަޅައިފަ އެވެ.

comment ކޮމެންޓް