ބަނގުރާ އުފައްދައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އަށް ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާ އަޅާފައި ހުރި ކަމަށް ބެލެވޭ ޓައްޕާއި އަދި ފުޅިތަކެއް-- ފޮޓޯ: ފުލުހުން

ބަނގުރާ އުފައްދައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އަށް ބިދޭސީއަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މީހުން އަތުލައިގަތީ، ބަނގުރާ އުފައްދައި އޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މައްޗަންގޯޅީގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި ހައްޔަރުކޮށްފައި ވަނީ ބަނގުލަދޭޝްއަށް ނިސްބަތްވާ އުމުރުން 21، 22 ، 25 ، 24، 26، 27، 29 އަދި 33 އަހަރުގެ ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ އެ މީހުން ދިރިއުޅޭ ގެ ފާސްކުރި އިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެހި ހުރި 500 މިލިލީޓަރުގެ 888 ޕްލާސްޓިކް ފުޅި އާއި ފަސް ލީޓަރުގެ ހަ ފުޅި އަދި 14 ޓައްޕު ފެނިފައިވާ ކަމަށެވެ.

އެ މައްސަލަ މިހާރު ފުލުހުންގެ ޑްރަގް އެންފޯސްމަންތް އޭޖެންސީއިން ތަހުގީގް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ރޭ ނޫން ކުރީ ރޭ ކާރެއްގެ ތެރޭގައި ތިން ބިދޭސީއަކު މަސްތުވާތަކެތި ބޭނުންުކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް