މޫނު ރީތިކޮށް ބެހެއްޓުމަށް ސުއިގެ ޓިޕްސް ކޮޅެއް!

ސުއިޒާ އިބްރާހިމް، --- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

އަންހެނެއް ފިރިހެނެއް ބަލާނެ ކަމެއް ނެތެވެ. މޫނުގައި ބިހި ނެގުމަކީ މިއަދު އަހަރެމެންގެ ތެރޭގައި އެންމެ އާންމު އަދި އެންމެ އަވަސް ހައްލެއް ގިނަ ބަޔަކު ބޭނުންވާ އެއް ކަމެވެ.

އެއްބަޔަކު ބުނާގޮތުން މިއީ ހޯމޯނަލް ކަމެކެވެ. ނޫނީ އަހަރެމެންގެ މާހައުލުގެ ފިނިހޫނު މިނުގެ ސަބަބުން ދިމާވާ ކަމެކެވެ. ހަމައެޔާއެކު، މޫނަށް އަޅާލަން ޖެހޭވަރަށް އަޅާނުލެވި، ބަލައިނުލާ އުޅޭތީ ވާގޮތެކެވެ.

ކޮންމެއަކަސް، މި ހަފްތާގައި ހައްލު ހޯދަން މިއުޅެނީ މޫނުގައި ބިހިނެގުމާއި މައްސަލައަށެވެ. މި ސުވާލުތަކުގެ ޖަވާބު ދީފައި މިވަނީ ދާދިފަހުން ސާކްގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީއިން ދޭ އަންހެން ވިޔަފާރިވެރިންގެ އެވޯޑު ހޯދި، ސުއި ސެލޫންގެ ވެރިޔާ ސުއިޒާ އިބްރާހިމްއެވެ.

އާންމުކޮށް މޫނުގައި ބިހިނަގަން މެދުވެރިވާ ސަބަބުތަކަކީ ކޮބާ؟

މި ސުވާލުގެ ޖަވާބުގައި ބުނެވޭނީ، ބިހިނަގަން ދިމާވާ މައިގަނޑު ސަބަބުތަކަކީ އާންމު ސާފްތާހިރުކަމާއި، ޕޮލިއުޝަން، ހިރަފުސް އަދި ކެއިންބުއިމުގައި ގެންގުޅޭ ނުރަނގަޅު އާދަތަކެވެ.

ފޭސް ކެއާ ރޫޓިން އެއް ފޮލޯ ކުރާނީ ކިހިނެއް؟

އަބަދުވެސް ސްކިން މޮއިސްޗަރައިޒްކޮށްފައި ނޫނީ ހައިޑްރޭޓްކޮށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ފުރަތަމަ ކްލީންސް ކުރުމަށްފަހު، ޓޯނާރ ނޫނީ މޮއިސްޗަރައިޒާ ނިދުމުގެ ކުރިން ހޭކުން މުހިންމެވެ. އެއާއިއެކު ކޮންމެ މަހަކު އެއްފަހަރު ފޭޝަލް އެއް ހަދާލުމަކީ ދުޅަހެޔޮ ސްކިންއަކަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އެހެންވީމަ، ކްލީންސްކުރުމަށްފަހު، ސްކްރަބްކޮށްލާނީ، ދެން މޮއިސްޗަރައިޒާއެއް ބޭނުންކޮށްލާނީ، ރަނގަޅު ޓޯނާރ އެއް ނެތްނަމަ ރޯސް ވޯޓާރ ވެސް ބޭނުންކުރެވޭނެއެވެ.

ސުއިޒާ އިބްރާހިމް ---- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ބިހި ނަގާނަމަ އެކަން ހައްލުކުރަން ކުރެވިދާނެ ކަންތައްތަކަކީ ކޮބާ؟

ދުވާލަކު މަދުވެގެން 8 ތަށި ފެން ބުއިމާއި އަދި ކެއުމުގެ ރަނގަޅު އާދަތަކެއް ގެންގުޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

ފޭޝަލް ހެދުމަކީ ރަނގަޅުކަމެއްތަ؟

ޔަގީނުންވެސް ވަރަށް މުހިންމު ކަމެކެވެ. ފޭޝަލްގެ ސަބަބުން ފޭޝަލް މަސަލްސް ރިލޭކްސްކޮށްދީ، ދުޅަހެޔޮކޮށްދީ އަދި ގްލޯކޮށްދޭނެއެވެ.

އާންމުކޮށް މޭކަޕްކުރާ ކުއްޖެއްނަމަ، މޭކަޕް ރިމޫވްކޮށް ފޭސްކެއާ ރޫޓިން އެއް ގެންގުޅެންވީ ކިހިނެއް؟

ކޮންމެ ކުއްޖެއްވެސް މޭކަޕްކޮށް އަދި އަބަދުވެސް ރީތިކޮށްހުރުމަށް ލޯބިކުރާނެއެވެ. އެންމެ މުހިންމީ ޕްރޮފެޝަނަލް އަދި ރަގަޅު ކޮލިޓީއެއްގެ މޭކަޕް ޕްރޮޑަކްޓްސް އިޚްތިޔާރުކުރުމާއި، އަދި ނިދުމުގެ ކުރިން މޭކަޕް ރަގަޅަށް ފިލުވުމެވެ.

ފޭޝަލް ހެއާ ރިމޫވްކުރަން އެންމެ ރަނގަޅު ގޮތްތަކަކީ ކޮބާ؟

ފަހަކަށް އައިސް އެންމެ އެޑްވާންސްޑް ޓެކްނޮލޮޖީއާއި އެކު ލޭޒާ ހެއާރ ރިމޫވަލްގެ ހިދުމަތް ހުރެއެވެ. އެ ނޫންނަމަ ވެކްސް ކުރުމާއި ތްރެޑިންއަކީ ކުރެވިދާނެ ކަމެކެވެ.

ބިހިކޮށްޓުން އެއީ ވަރަށް ގޯސްކަމެކޭ މީހުން ބުނޭ، އެއީ ތެދެއްތަ؟

އާދެ! ބިހިކޮށްޓާނަމަ އެ ބިހީގެ ނިޝާނެއް ނޫނީ މާކްއެއް އިންނާނެއެވެ. އެހެންވީމަ އެއީ ރަގަޅުކަމެއް ނޫނެވެ!

ސުއިޒާ އިބްރާހިމް - - ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ފެމްކުރުން، ފޭސް ބްލީޗްކުރުން، މިކަންކަމުގެ ސަބަބުން މޫނަށް ކުރަނީ ކޮން އަސަރުތަކެއް؟

ބްލީޗްކުރުމުން މޫނުގެ ހަންވަރަށް ޑްރައިވާނެއެވެ. އަދި އޭގެ ސަބަބުން ޕިގްމެންޓޭޝަންސް ތަކަކަށް މަގުފަހި ވެއެވެ.

މޫނު ރީތިކޮށް ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް ދޭނެ ހޯމް ރެމެޑީސް ތަކަކީ ކޮބާ؟

ކާރޑް، ކޯން ފްލާވާ ޕައުޑާ، މާމުއި މިކްސްކޮށް ޕޭސްޓަކަށް ހަދާލުމަށްފަހު، ހަމުގައި ހާކާލާށެވެ. ގާތްގަނޑަކަށް 20 މިނިޓް މަސާޖްކޮށްލުމަށްފަހު، ދޮވެލާނީ. (ރިންސް ކޮށްލުން) ދޮވެލުމަށްފަހު، އައިސްކިއުބް އަކުން މަސާޖް ކޮށްލާނީއެވެ. ޓޭން ވެފައިވާނަމަ މިއީ ވަރަށް ރަގަޅު ރެމެޑީއެކެވެ!

comment ކޮމެންޓް