ޑައިވިންއަށް ދިޔަ ޓޫރިސްޓެއްގެ ގައިގައި ޑިންގީއަކުން ޖެހި އަނިޔާވެއްޖެ

ދަރަވަންދޫ---

ބ. ދަރަވަންދޫ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު ޑައިވިނަށް ގޮސް އުޅެނިކޮށް ޑިންގީއަކުން ޖެހި އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އުމުރުން 25 އަހަރުގެ މި ފަތުރުވެރިޔާއަކީ ޖަރުމަނު ވިލާތަށް ނިސްބަތްވާ ފަތުރުވެރިއެއް ކަމަށެވެ. އޭނާގެ ގައިގައި ޑިންގީއިން ޖެހުމުގެ ސަބަބުން އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު 12:15 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އަނިޔާވި ފަތުރުވެރިޔާގެ ހާލަތާ ގުޅޭގޮތުން ދަރަވަންދޫ ހެލްތު ސެންޓަރުގެ ބަހެއް ނުލިބެއެވެ.

ޑައިވިނަށް ގޮސް އުޅުމުގެ ތެރޭގައި ފަތުރުވެރިން މަރުވުމުގެ ހާދިސާތައް ހިނގާ މިންވަރު ވަނީ ފަހަކަށް އައިސް އިތުރުވެފައެވެ.

comment ކޮމެންޓް