400 މީޓަރު ދުވުމުގެ ރެކޯޑު ހިމްނާ އާކޮށްފި

ހިމްނާ -- ފޮޓޯ: ފޭސްބުކް

ރާއްޖޭގެ އަންހެނުންގެ 400 މީޓަރު ދުވުގެ ރެކޯޑު ހިމްނާ ހަސަން އާކޮށްފި އެވެ.

އޭނާ މި ރެކޯޑު އާކޮށްފައި ވަނީ މިހާރު ހޮންކޮންގުގައި ކުރިއަށްދާ އޭޝިއަން ޔޫތު ޗެމްޕިއަންޝިޕުގަ އެވެ. އޭނާ ރެކޯޑު އާކުރީ 59.18 ސިކުންތުން ދުވެގެންނެވެ.

މީގެ ކުރިން ވެސް މި ރެކޯޑު އޮތީ ހިމްނާ އަތުގަ އެވެ. އެއީ 2010 ވަނަ އަހަރު ކޮމަންވެލްތު ގޭމްސްގައި މިރުފަތު އަހުމަދު ހެދި ރެކޯޑު ހިމްނާ މުގުރާލީ މިދިޔަ އަހަރުގެ އޭޝިއަން ޔޫތު ޗެމްޕިއަންޝިޕުގަ އެވެ.

ހިމްނާ އަކީ އައްޑޫ އެތްލެޓިކްސްގައި ތަމްރީނު ހަދަމުންދާ ޒުވާނެކެވެ.

comment ކޮމެންޓް