ރާޖާމައުލީގެ ފިލްމުގައި އާލިއާ އަދި އަޖޭ ހިމަނައިފި

އާލިއާ އަދި އަޖޭ ---

ކާމިޔާބު 'ބާހޫބަލީ' ސީރީޒްގެ ޑައިރެކްޓަރު އެސްއެސް ރާޖާމައުލީގެ ކުރިއަށް އޮތް ފިލްމު 'އާރްއާރްއާރް'ގެ ކާސްޓުގައި ބޮލީވުޑް އެކްޓަރުން ކަމުގައިވާ އާލިއާ ބަޓް އަދި އަޖޭ ދޭވްގަން ހިމަނައި، ފިލްމާ ގުޅޭ މުހިންމު މައުލޫމާތު ތަކެއް ހާމަކޮށްފިއެވެ.

ސައުތު އިންޑިއަން ސިނަމާގެ އެކްޓަރުން ކަމުގައިވާ ރާމް ޗަރަން އަދި ޖޫނިއާ އެންޓީއާރް އަދި ޑެއިޒީ އެޖާ ޖޯންސް މުހިންމު ރޯލުތަކުން ފެނިގެންދާ އެ ފިލްމުގައި ބޮލީވުޑް އެކްޓަރުން ހިމަނާނެ ކަމުގެ އިޝާރާތެއް ރާޖާމައުލީ ވަނީ މީގެ ކުރިން ވެސް ދީފައެވެ.

އަދި އަޖޭ އެ ފިލްމުން ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނާތާ ވެސް ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް ފިލްމުގެ އަންހެން ލީޑުގެ ގޮތުގައި ބަތަލާ އާލިއާ ކާސްޓު ކުރުން ވެގެން ދިޔައީ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެން ދިޔަ ކަމަށެވެ.

އަންނަ އަހަރުގެ ޖުލައި 30 ގައި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު، ގިނަ ބަސް ތަކަކުން ފިލްމު ޑަބް ކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ފިލްމުގެ ތެލުގޫ، ތަމިލް، ހިންދީ، މަލަޔާލަމް އަދި އިތުރު ބަސްތަކުން ވެސް ފިލްމު ޑަބް ކުރާނެއެވެ.

comment ކޮމެންޓް