މަހިބަދޫގެ ގެއެއްގައި އަލިފާން ރޯވެ ގެއްލުންތަކެއް ލިބިއްޖެ

މަހިބަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންތައް ލިބިފައި--- ފޮޓޯ: ފުލުހުން

އދ. މަހިބަދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލުމާތު ލިބިފައިވަނީ މިރޭ 19:21 ކަންހާއިރު ކަމަށެވެ. ފުލުހުންނާއި ރައްޔިތުން ގުޅިގެން މިރޭ 19:41 އެހައިކަންހާއިރު އަލިފާން ނިއްވާލައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަހިބަދޫގައި އަލިފާން ރޯވި ގޭގައި އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށް ދަނީ--- ފޮޓޯ: ފުލުހުން

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެނގުނުގޮތުގައި އަލިފާން ރޯވެފައިވަނީ އެ ގޭގައި ހުރި ގޯނިތަކަކާއި ފައިބާ މެޓް ކަހަލަ އެއްޗެއްގައި އަލިފާން ރޯވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް