ބާރުސްޕީޑުގައި ދުއްވި ސައިކަލެއްގައި އަލިފާން ރޯވެއްޖެ

މާލޭ މަސްމާރުކޭޓު ސަރަހައްދުގައި މިއަދު ހެނދުނު ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި -- ފޮޓޯ: ކިޔުންތެރިއެއް

މާލޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު 18:40 އެހައިކަންހާއިރު ކަމަށެވެ.

އަލިފާންރޯވީ ތާޖުއްދީން ސްކޫލް ކައިރިން ދުއްވާފައިދިޔަ ސައިކަލެއްގައި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ އަލިފާން ރޯވިތާ ގިނައިރުތަކެއް ނުވެ އަލިފާން ނިއްވާލާފައި ކަމަށެވެ.

comment ކޮމެންޓް