މާލެ ހޮސްޕިޓަލްސްގެ ޑޮކްޓަރުންނަށާއި ނަރުހުންނަށް "އަޕްޓުޑޭޓް" ޕްލެޓްފޯމު ތައާރަފްކޮށްފި

އައިޖީއެމްއެޗުގެ ބައެއް މުވައްޒަފުން ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މާލެ ހޮސްޕިޓަލްސްގެ ޑޮކްޓަރުންނަށާއި ނަރުހުންނަށް އަދި އެލައިޑް ހެލްތު ޕްރޮފެޝަނަލުންނަށް "އަޕްޓުޑޭޓް" ޕްލެޓްފޯމު ތައާރަފުކޮށްފިއެވެ.

މާލެ ހޮސްޕިޓަލްސް އަކީ ވިލިމާލެ އާއި އައިޖީއެމްއެޗަށް ސަރުކާރުން ކިޔާ ނަމެކެވެ.

އައިޖީއެމްއެޗުން ބުނީ މިއަދުން ފެށިގެން އެ ޕްލެޓްފޯމުގެ ބޭނުން މާލޭ ހޮސްޕިޓަލްސްގެ ޑޮކްޓަރުންނަށާއި ނަރުހުންނަށް އަދި ރޭޑިއޯ ޓެކްނީޝަނުންނަށާއި ފިޒިއޮތެރަޕިސްޓުންނަށް ހިފޭނެކަމަށެވެ.

އެ ޕްލެޓްފޯމަކީ އެކީގެ މައްޗަށް ބިނާކުރުވަނިވި އެންމެ ފަހުގެ ސިއްހީ މައުލޫމާތު ހިމެނޭ ދުނިޔޭގެ 1000 އަށްވުރެ ގިނަ ސިއްހީ ހިދުމަތްދޭ ތަންތަނުގައި 1.7 މިލިއަން މީހުން ބޭނުންކުރާ ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމާއެކު މާލެ ހޮސްޕިޓަލްސް އިން ދެމުންގެންދާ ސިއްހީ ހިދުމަތްތަކުގައި އެންމެފަހުގެ މައުލޫމާތާއެކު ބަލިމީހުންނަށް ފަރުވާދިނުމަށް މަގުފަހިވާނެ ކަމަށާއި ބަލިތަކާ ބެހޭ މައުލޫމާތާއި ކަނޑައެޅިފައިވާ ތަހުލީލުތަކާއި ފަރުވާ އާއި ބެހޭގޮތުން ގަވައިދުން އިސްލާހު ގެނެވޭ އެންމެ ފަހުގެ މައުލޫމާތު ފަރުވާދެވޭ ފަރާތްތަކަށް ލިބޭނެކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

comment ކޮމެންޓް