ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތާއީދު އަމިއްލަ ގޮތުން ވާދަ ކުރާ ހަ ކެންޑިޑޭޓަކަށް

އަމިއްލަ ގޮތުން ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ޕީޕީއެމްޕީއެންސީ ކޯލިޝަނުން އެންޑޯޒް ކޮށްފައި ވާ ހަ ކެންޑިޑޭޓުން --

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިދިޔަ ހަފްތާގައި ވަނީ ޖުމްހޫރީ ޕާޓީ ޓިކެޓުގައި މަޖިލިސް އިންތިޚާބުގައި ވާދަ ކުރާ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރުމަށް ނިންމާފައެވެ. އޭގެ އިތުރަށް އެ ކޯލިޝަނުން އަމިއްލަ ގޮތުން ވާދަ ކުރާ ބައެއް ކެންޑިޑޭޓުންނަށް ވެސް ވަނީ ތާއީދު ކުރުމަށް ނިންމާފައެވެ.

އެގޮތުން މިދިޔަ ހަފްތާގައި އެ ކޯލިޝަނުން ވަނީ އެ ކޯލިޝަންގެ ފަރާތުން ތާއީދު ކުރާ ހަ ކެންޑިޑޭޓެއްގެ ނަން އިއުލާން ކޮށްފައެވެ.

ޕްރޮގްރެސިވް ކޮންގްރެސް އިން ތާއީދު ކުރާ އަމިއްލަ ކެންޑިޑޭޓުން:

  1. ޝަހީބު އިބްރާހިމް - ވިލިނގިލި ދާއިރާ
  2. ހުސައިން މުހައްމަދު ލަތީފް - ފަރެސްމާތޮޑާ ދާއިރާ
  3. އަލީ ޝާހް - ފުވައްމުލަކު އުތުރު ދާއިރާ
  4. އިބްރާހީމް ދީދީ - ފޭދޫ ދާއިރާ
  5. ޑރ. އަހްމަދު އަދީލް ނަސީރު، - ހިތަދޫ ދެކުނު ދާއިރާ
  6. އިބްރާހީމް މުޙައްމަދު - މައްޗަންގޯޅި މެދު ދާއިރާ

މި ހަ ކެންޑިޑޭޓުންގެ ތެރެއިން ވިލިނގިލީ ދާއިރާ އަށް ވާދަ ކުރައްވާ ޝަހީބު އިބްރާހީމް އަކީ މީގެ ކުރިން ޕީޕީއެމް ގެ ޓިކެޓް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ފަހުން ޕީޕީއެމްއިން ވަނީ އެ ދާއިރާއަށް ޕީޕީއެމްއިން ވާދަ ނުކުރައްވަން ނިންމަވާފައެވެ.

ފަރެސްމާތޮޑާ ދާއިރާއަށް ވާދަ ކުރައްވާ ހުސައިން މުހައްމަދު ލަތީފަކީ މިހާރުވެސް އެ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރެވެ.

ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަ ކުރައްވާ އަލީ ޝާހްއަކީ މިހާރުވެސް އެ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރެވެ. އޭނާ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރެކެެވެ. ނަމަވެސް އޭނާ އިންތިހާބުގައި ވާދަ ކުރައްވަނީ އަމިއްލަ ގޮތުންނެވެ. ޖުމްހޫރީ ޕާޓީގެ ވެސް ތާއީދު އޮތް، އަލީ ޝާހަކީ "ގޮނޑި ގެއްލުނު 12" ބޭފުޅުންގެ ތެރޭގައި ވެސް ހިމެނޭ ބޭފުޅެއް ކަމުން ރައީސް މައުމޫނުގެ ތާއީދު ވެސް އޮތް ކަން، ރައީސް މައުމޫނު ވެސް ވަނީ ހާމަ ކުރައްވާފައެވެ.

ފޭދޫ ދާއިރާއަށް ވާދަ ކުރައްވާ އިބްރާހީމް ދީދީ އަކީ، މިހާރުވެސް އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ މެމްބަރެވެ. އޭނާއަށް ވެސް ޕީޕީއެމްގެ ޓިކެޓް ލިބިވަޑައިގަތް ނަމަވެސް ޓިކެޓް ދޫކުރައްވައި ވާދަ ކުރައްވަނީ އަމިއްލަ ގޮތުންނެވެ.

ޖަމިއްޔަތުއްސަލަފުގެ ރައީސް ޝައިޚް ޢަބްދުﷲ މުޙައްމަދުގެ ކޮއްކޮ އަދި ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހީމް މުހައްމަދު ވާދަ ކުރައްވަނީ، ވެރިކަން ކުރާ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ދެކޮޅަށް މައްޗަންގޮޅީ މެދު ދާއިރާއަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު