ފިލްމު ފެއާ: ބަތަލާއިންގެ ރޭހުގެ އެންމެ ކުރީގައި އާލިއާ އަދި ދީޕިކާ

އާލިއާ ބަޓް އަދި ދީޕިކާ--

ބޮލީވުޑްގެ ތަރިންނަށް ދޭ އެންމެ ހާއްސަ އެވޯޑް ފިލްމުފެއާގެ ނޮމިނޭޝަންތައް އިއުލާންކޮށްފިއެވެ.

ނޮމިނޭޝަންތައް އިއުލާންކުރި އިރު މިފަހަރުގެ އެންމެ މޮޅު ބަތަލާގެ އެވޯޑަށް ފަސް ތަރިންނެއް ވާދަކުރާއިރު އެ ތަރިންގެ ތެރެއިން އެވޯޑް ލިބުމާ އެންމެ ގާތީ ދީޕިކާ ޕަދުކޯން ނުވަތަ އާލިއާ ބަޓްއެވެ.

ދީޕިކާ އަދި އާލިއާ ބަޓްއަށް ވެސް މީގެ ކުރިން އެންމެ މޮޅު ބަތަލާގެ މަގާމު ލިބުނުއިރު ގިނަ ބަޔަކު ދެކޭ ގޮތުގައި މި ފަހަރު ވެސް އެ މަގާމް ގެންދާނީ އެތަނުން ބަތަލެކެވެ.

ދީޕިކާ އެންމެ މޮޅު ބަތަލާގެ އެވޯޑަށް ވާދަކުރަނީ "ޕަދްމާވަތް" އިންނެވެ. އަދި އާލިއާ ވާދަކުރަނީ "ރާޒީ"އިންނެވެ.

މި އަހަރު ބާއްވާ 64 ވަނަ އަހަރު ފިލްމުފެއާ އެވޯޑްސްގައި އެދެތަރިންނާއެކު އެންމެ މޮޅު ބަތަލާގެ ރޯލަށް ވާދަކުރަނީ ނީނާ ގުޕްތާ، ރާނީ މުކަރްޖީ އަދި ތައްބޫއެވެ.

އެންމެ މޮޅު ބަތަލާ

އާލިއާ ބަޓް (ރާޒީ)

ދީޕިކާ ޕަދުކޯން (ޕަދުމާވަތު)

ނީނާ ގުޕްތާ (ބަދާއީ ހޯ)

ރާނީ މުކަރްޖީ (ހިޗްކީ)

ތައްބޫ (އަންދާދުން)

އެންމެ މޮޅު އެކްޓަރު

އަކްޝޭ ކުމާރު (ޕެޑްމޭން)

އަޔޫޝްމަން ކުރާނާ (އަންދާދުން)

ރާޖްކުމާރު ރާއޯ (އިސްތިރީ)

ރަންބީރު ކަޕޫރް (ސަންޖޫ)

ރަންވީރު ސިންގް (ޕަދުމާވަތު)

ޝާހްރުކް ހާން (ޒީރޯ)

އެންމެ މޮޅު ފިލްމު

އަންދާދުން

ބަދާއީ ހޯ

ޕަދުމާވަތު

ރާޒީ

ސަންޖޫ

ސްޓްރީ

އެންމެ މޮޅު ޑައިރެކްޓަރު

އަމަރު ކޯޝިކް (އިސްތިރީ)

އަމިތު ޝަރުމާ (ބަދާއީ ހޯ)

ސަންޖޭ ލީލާ ބަންސާލީ (ޕަދުމާވަތު)

ރާޖްކުމާރު ހިރާނީ (ސަންޖޫ)

ސްރީރާމް ރަގްވަން (އަންދާދުން)

އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ފިރިހެން)

އަޕްރަޝަކްތީ ކުރާނާ (ސްޓްރީ)

ގަޖްރާޖް ރާއޯ (ބަދާއީ ހޯ)

ޖިމް ސަރްބް (ޕަދުމާވަތު)

މަނޯޖް ޕަހްވާ (މުލްކް)

ޕަންކަޖް ތުރިޕަތީ (އިސްތިރީ)

ވިކީ ކޯޝަލް (ސަންޖޫ)

އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަންހެން)

ގީތަންޖަލީ ރާއޯ (އޮކްޓޯބާ)

ކެޓްރީނާ ކެއިފް (ޒީރޯ)

ޝިކާ ތަލްސާނިއާ (ވީރޭ ދީ ވެޑިން)

ސްވަރާ ބާސްކަރް (ވީރޭ ދީ ވެޑިން)

ސްރޭޙާ ސިޙްރީ (ބަދާއީ ހޯ)

ޔާމިނީ ދާސް (ސުއީ ދާގާ)

އެންމެ މޮޅު ލަވަކިޔުންތެރިޔާ (ފިރިހެން)

އަބްދޭ ޖޯދްޕުރްކާރް (މޭރާ ނާމް ތޫ-ޒީރޯ)

އަރިޖިތު ސިންގް (ތެރަ ޔާރް ހޫ މޭ-ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ)

އަރިޖިތު (އާޔޭ ވަތަން-ރާޒީ)

އަރިޖިތު (ބިންތެ ދިލް-ޕަދުމާވަތު)

ޝަންކަރު މަހާދޭވަން (ދިލްބަރ-ރާޒީ)

ބާދްޝާހް (ތަރީފަން-ވީރޭ ދި ވެޑިން)

އެންމެ މޮޅު ލަވަކިޔުންތެރިޔާ (އަންހެން)

ހަރްޝްދީޕް ކޯރް/ ވިބާ ސަރަފް (ދިލްބަރޯ-ރާޒީ)

ޖޮނީތާ ގާންދީ (އާހިސްތާ-ލައިލާ މަޖުނޫ)

ރޮންކިނީ ގުޕްތާ (ޗާވް ލަގާ-ސުއީ ދާގާ)

ޝްރެޔާ ގޯޝަލް (ގޫމަރު-ޕަދުމާވަތު)

ސުނީދީ ޗޯހަން (އޭ ވަތަން-ރާޒީ)

ސުނީދީ (މާންވާ-އޮކްޓޯބާ)

comment ކޮމެންޓް