އައިޓީބީ ފެއާގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ނައިބު ރައީސް މާލެ ވަޑައިގެންފި

ނައިބު ރައީސް އައިޓީބީ ފެއާ އަށް ވަޑައިގަތުމުގެ ކުރިން ވެެލާނާ އިންޓަނޭޝަނަލްގައި: އެ ދަތުރުފުޅަށް ފަހު ނައިބު ރައީސް ވަނީ އެނބުރި ރާއްޖެ ވަޑަިއގެންފައި --- ފޮޓޯ/ ރައީސް އޮފީސް

ޖަރުމަނު ވިލާތުގެ ބާލިންގައި ބޭއްވި އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސް (އައި.ޓީ.ބީ) ފެއާގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް މާލެ ވަޑައިގެންފިއެވެ.

މިދިޔަ ހަފްތާ ބުދަ ދުވަހުން ފެށިގެން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ އައި.ޓީ.ބީ ފެއާގައި ނައިބު ރައީސް ބައިވެރިވެ ވަޑައިގެންނެވީ ރާއްޖެއިން ފެއާގައި ބައިވެރިވާ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުންނެވެ. މި ފެއާގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް އޮފީހުން ބުނީ، މި ފެއާގެ ތެރޭގައި، އަވައްޓެރި ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު އޭ. އީ. އަމަރަތުންގާއާ ނައިބު ރައީސް ފައިސަލް ބައްދަލު ކުރެއްވި ކަމަށެވެ. ބައްދަލުވުމުގެ ތަފްސީލެއް ރައީސް އޮފީހުން ނުދެއްވައެވެ.

އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި އައި.ޓީ.ބީ ބަރލިން ފެއާގައި ބައިވެރިވި ދިވެހިންގެ ޝަރަފުގައި ގްރޭންޑް ހަޔަޓް ހޮޓެލުގައި ބޭއްވި ދިވެހި ހަވީރުގައިވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ބުނީ، އައިޓީބީ ބަރލިންގައި ބައިވެރިވެވަޑައިގަތުމަށް ޖަރުމަންވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ވަނީ ފިންލެންޑަށް ވަޑައިގެންފައެވެ. ނައިބު ރައީސް ފައިސަލްގެ އެ ދަތުރުފުޅުގައި އެގައުމުގެ ޔުނިވަރސިޓީ އޮފް ޔޫވެސްކީލާއަށް ޒިޔާރާތްކުރައްވާ އެތަން ބައްލަވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އައި.ޓީ.ބީ ބަރލިންގ ފެއާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއްތަނަކަށް ޖަމާވެ ފަތުރުވެރިކަން އިސްތިހާރުކޮށް އެވިޔަފާރި މާރކެޓް ކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.

މިއަހަރުގެ އައި.ޓީ.ބީ. ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 105 ކުންފުންޔަކުން 270 މީހުން ބައިވެރިވެފައިވެއެވެ.

comment ކޮމެންޓް