"ބުރަހްމަސްތުރާ" ތަމަޅަ އަދި ތެލެގޫ ބަހުން ވެސް ރިލީޒްކުރާނެ!

"ބުރައްމަސްތުރާ" ގެ ލީޑު ރޯލުން ފެންނާނެ ރަންބީރާއި އާލިއާ....

މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ "ބުރަހްމަސްތުރާ" ތަމަޅަ އަދި ތެލެގޫ ބަހުން ވެސް ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

އެ ފިލްމު ހިންދީ ބަހުން އެކަނި ރިލީޒްކުރަން ނިންމި ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން ވަނީ ފިލްމު އެދެ ބަހުން ވެސް ރިލީޒްކުރުމަށް ނިންމައިފަ އެވެ.

ތަމަޅަ އާއި ތެލެގޫ ބަހުން ތައްޔާރުކޮށްފައިވާ ފިލްމުގެ ލޯގޯ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

އެ ފިލްމުގެ ލީޑު ރޯލުން ފެންނާނީ އާލިއާ ބަޓްއާއި ރަންބީރު ކަޕޫރެވެ. "ބުރަހްމަސްތުރާ" ވާނީ އެ ދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.

އަޔާން މުކަރްޖީ ޑައިރެކްޓްކުރާ އެ ފިލްމުގެ ގިނަ މަންޒަރުތަކެއް ބަލްގޭރިއާގައި ވެސް ވަނީ ނަގައިފަ އެވެ.

އެ ފިލްމުގައި ފެންނާނެ އިތުރު ކާސްޓުންނަކީ، ޑިމްޕަލް ކަޕާޑިއާ، އަމީތާބު ބައްޗަން، ނާގުރްޖުނާ އަކިނޭނީ އަދި ޓީވީ ބަތަލާ މޯނީ ރޯއި ފަދަ ތަރިންނެވެ.

comment ކޮމެންޓް