މޯލްޑިވިއަންގެ ފްލައިޓަކަށް މައްސަލައެއް ދިމާވެ، ލޭންޑު ނުކުރެވި އެއް ގަޑިއިރު

މޯލްޑިވިއަންގެ ފްލައިޓެއް - ސަން ފޮޓޯ/ އަލީ ނަސީރު

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ފްލައިޓް ރަންވޭގައި ލޭންޑު ނުކުރެވި ގަޑިއެއްހާއިރު ހޭދަކޮށްފިއެވެ.

މޯލްޑިވިއަންގެ ޑޭޝް އަށެއްގެ Q2118 ފްލައިޓުގެ ލޭންޑިން ގިޔަރަށް ދިމާވި މެކޭނިކަލް މައްސަލައެއްގެ ސަބަބުން ލޭންޑު ނުކުރެވި އެއް ގަޑިއިރާއި 20 މިނެޓު ހޭދަވިކަމަށް މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް "ސަން" އަށް ވިދާޅުވިއެވެ.

ފްލައިޓަށް ދިމާވި މައްސަލައާއެކު ގަން އިންޓަނޭޝަނަލް އެއާޕޯޓު އެލާޓަށް ގެނައިކަމަށް އެ އެއާޕޯޓުގެ މުވައްޒަފަކު ބުންޏެވެ.

ނަމަވެސް ޕައިލަޓުންގެ މަސައްކަތުން މައްސަލަ ހައްލުކޮށް މިހާރު އެ ފްލައިޓު ވަނީ ސަލާމަތުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ލޭންޑް ކޮށްފައިކަމަށް މޫސަ ވިދާޅުވިއެވެ.

ފްލައިޓުގައި އޭރު ދަތުރުކުރަމުން ދިޔައީ 44 މީހުންނާއި އެއް ކުޑަކުއްޖެކެވެ. މި ހާދިސާގައި ފްލައިޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

comment ކޮމެންޓް