ސޫރިޔާގައި ދިވެހި އަންހެނަކާއި އޭނާގެ ދެ ކުއްޖަކު ނިޔާވެއްޖެ

ސޫރިޔާ ސަރުކާރުން ބޮންއެޅި ތަނަކަށް އާއްމުން އެއްވެފައި. ފޮޓޯ: ރޮއިޓާސް

ސޫރިޔާގައި ދިވެހި އަންހެނަކާއި އޭނާގެ ދެ ކުއްޖަކު އިއްޔެ ނިޔާވެއްޖެ އެވެ.

އިއްޔެ ނިޔާވި ދިވެހި އަންހެން މީހާގެ ދެ ކުއްޖަކު އަދިވެސް ސޫރިޔާގައި އެބަ ތިބި ކަމަށާއި އެ ދެ ކުދީން ރާއްޖެއަށް ގެނެވޭތޯ މަސައްކަތް ކުރަމުން ދާ ކަމަށް އެ އާއިލާއާ ގުޅުން ހުރި ފަރާތަކުން ސަންއަށް ވަނީ ކިޔައިދީފައެވެ.

މަރުވި އަންހެން މީހާގެ ފިރިމީހާ ސ. މަރަދޫ ހުޅަނގުއައްސޭރި އަޙްމަދު ނިޝްވާން، 33 ވެސް ނިޔާވެފައި ވަނީ ސޫރިޔާގައެވެ.

comment ކޮމެންޓް