ކޮލޮމްބޯގައި އެއްޗެއް ގޮވައި، ހަތަރު މީހަކަށް އަނިޔާވެއްޖެ

ކޮލަމްބޯ ސްރީލަންކާ -- ސަން ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް

ކޮލޮމްބޯ (މާޗް 8): ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ކޮލްޕެޓީގައި ހުންނަ ފިހާރައެއްގައި މިއަދު ހެނދުނު އެއްޗެއް ގޮވައި، ހަތަރު މީހަކަށް ކުދި އަނިޔާތަކެއް ލިބިއްޖެއެވެ.

ލަންކާ ފުލުހުންނާ ހަވާލާދީ ކޮލަމްބޯ ގެޒެޓުގައިވާ ގޮތުން އެހާދިސާގައި އަނިޔާވެފައި ވަނީ އެގައުމުގެ ދެ މީހަކަށާއި ޗައިނާގެ ދެމަފިރިއަކަށެވެ. އަދި އޭގެ ތެރެއިން ތިން މީހަކަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށާއި އިތުރު މީހާކަށް ކޮލަމްބޯ ނެޝަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެހާދިސާގައި 11 ފިހާރައަށް ގެއްލުން ލިބިފައިވެއެވެ. ނަމަވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ޔަގީން ނުވާ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް