ރައީސް ޔާމީން އަނެއްކާވެސް އައިޖީއެމްއެޗަށް ގެނެސްފި

ރައީސް ޔާމީން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަނެއްކާވެސް އައިޖީއެމްއެޗަށް ގެނެސްފިއެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މިރޭ 8:50 ގައި ރައީސް ޔާމީން އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އަދި އެމަނިކުފާނު އެ ހޮސްޕިޓަލަށް ގެނެވުނީ މާފުށީ ޖަލުގެ ޑޮކްޓަރުގެ ލަފާގެމަތިން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މިއީ ޖަލަށްލިފަހުން ރައީސް ޔާމީން އައިޖީއެމްއެޗަށް ގެންދިޔަ ތިން ވަނަ ފަހަރުއެވެ. މީގެކުރިން ހޮސްޕިޓަލަށް ގެންދިޔަ ދެ ފަހަރުވެސް އެމަނިކުފާނު ވަނީ އެޑްމިޓްކޮށްފައެވެ.

ރައީސް ޔާމީން މިރޭ އައިޖީއެމްއެޗަށް ގެންދިޔައީ ސިއްހީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.

މިދިޔަ މާޗް މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ އެމަނިކުފާނު އައިޖީއެމްއެޗަށް ގެންގޮސް ދެއްކީ ހިތުގެ ޑޮކްޓަރަކަށެވެ.

comment ކޮމެންޓް