ކްރައުން އެންޑް ޗަމްޕާއިން ޅ. އަތޮޅުގައި އިތުރު ރިސޯޓެއް ހުޅުވައިފި

ޅ. އިންނަހުރާގައި ހުޅުވި ރިސޯޓުގެ ކޮޓަރިއެއް -- ފޮޓޯ: އިންނަހުރާ

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ފަރާތުން ޅ. އަތޮޅުގައި އެ ކުންފުނީގެ ފަސް ވަނަ ރިސޯޓު ހުޅުވައިފި އެވެ.

ޅ. އިންނަހުރާގައި ހުޅުވި މި ރިސޯޓަކީ އަގުހެޔޮ ރޭޓް ރޭޓްތަކުގައި ކޮޓަރި ވިއްކާ ރިސޯޓެކެވެ. މި ރިސޯޓު ހުޅުވާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހު އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސީޕްލޭނުގައި 40 މިނެޓުން ދެވޭ ސަރަހައްދުގައި އޮންނަ އިންނަހުރާގައި ޖުމްލަ 78 ކޮޓަރި ވަނީ ތަރައްގީކޮށްފަ އެވެ. އެއީ 33 ސަންސެޓް ބީޗް ބަންގަލޯ އަދި 45 ސަންރައިޒް ބަންގަލޯ އެވެ. މި ރިސޯޓުގައި ރެސްޓޯރެންޓަކާއި ދެ ބާ އަދި ސްޕާ އެއް ހުންނާނެ އެވެ.

ޅ. އިންނަހުރާގައި ހުޅުވި ރިސޯޓް- --ފޮޓޯ: އިންނަހުރާ

މީގެ އިތުރުން އޯޝަން ވިއު ސްވިމިން ޕޫލަކާއި ވޯޓާ ސްޕޯޓްސް ސެންޓަރަކާއި ޑައިވިން ސެންޓަރެއް އަދި ޖިމް އަކާއި ޓެނިސް ކޯޓެއްގެ އިތުރުން ސްނޯކްލިން އަދި އެހެނިހެން އެކްސް ކާޝަންގެ ހަރަކާތްތައް ވެސް އިންނަހުރާ ގައި ކުރިއަށްގެންދާނެ އެވެ.

ކްރައުން އެންޑް ޗަމްޕާއިން މިހާރު ނުވަ ރިސޯޓެއް ހިންގައެވެ. އެއީ ޅ. ހަތޮޅުގައި ހިންގާ ހުރަވަޅި އައިލެންޑް ރިސޯޓް އެންޑް ސްޕާއާއި ކުރެއްދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގެ އިތުރުން ކޮމަންޑޫ އައިލެންޑް ރިސޯޓް އެންޑް ސްޕާއާއި، އިންނަ ހުރާ، ކުޑަދޫ ޕްރައިވެޑް އައިލެންޑް، މާލެ އަތޮޅުގައި ހިންގާ މީރު އައިލެންޑް ރިސޯޓް އެންޑް ސްޕާއާއި އދ. އަތޮޅުގައި ހިންގާ މިރިހި އައިލެންޑް ރިސޯޓް އެންޑް ސްޕާ އަދި އއ. އަތޮޅުގައި ހިންގާ ވެލިގަނޑު އައިލެންޑް ރިސޯޓް އެންޑް ސްޕާގެ އިތުރުން އދ.ގައި ހިންގާ ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ އެވެ.

comment ކޮމެންޓް