އިޖުތިމާއީ ރޮނގުން ބައިނަލްއަގުވާމީ މައިދާނުގައި ދިރާގު ރޯޑްރޭހަށް ބޮޑު ކާމިޔާބީއެއް

ނޮޮވެމްބަރ 24، 2017: ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ދުވުން، ދިރާގު ރޯޑް ރޭހަށް ބައިނަލްއަގުވާމީ މައިދާނުން ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.

ދިރާގު ރޯޑްރޭސް ވަނީ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރެތޮންސް އެންޑް ޑިސްޓެންސް (އެއިމްސް) އިން ދޭ ބައިނަލްއަގުވާމީ ސޯޝަލް އެވޯޑްގެ ގަދަ ތިން ރޭހުގެ ތެރޭގައި ހިމެނިފަ އެވެ.

ދިރާގުގެ އޮފިޝަލަކު ވިދާޅުވީ ބައިނަލްއަގުވާމީ ނޮމިނޭޝަނެއް ރޯޑު ރޭހަށް ލިބުމަކީ ވެސް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރެވޭ ގިނަ ދުވުންތެރިންނާ އެކު ދިރާގުން ބާއްވާ ރޯޑްރޭހަކީ އިޖުތިމާއީ ގޮތުން ރާއްޖޭގައި ބާއްވާ އެންމެ ގިނަ ދުވަސްވީ ރޭހެވެ.

ނޮޮވެމްބަރ 24، 2017: ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރާގު ރޯޑްރޭސް ބާއްވަނީ ހުރިހާ އުމުރަކަށް ވެސް ހުޅުވާލައިގެންނެވެ. އެ ކުުންފުނީގެ ސީއެސްއާރުގެ ދަށުން ބާއްވާ މި ދުވުން މިހާރު ހާއްސަކޮށްފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްއިއްޔާތަކަށް ފައިސާ ލިބޭނެ ގޮތަކަށެވެ. ދުވުމުގައި ބައިވެރިވާ ބައިވެރިން ދައްކާ ފީ އިން ލިބޭ ފައިސާ ބަހަނީ މިފަދަ އެންޖީއޯ ތަކަށެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި މަގުބޫލް ރޯޑް ރޭހުގެ ގޮތުގައި ބެލެވިފައިވާ ދިރާގު ރޯޑް ރޭސް ކޮންމެ އަހަރަކު ވެސް ބާއްވަމުން ދަނީ މުޖުތަމައުގައި ހިނގާ ކޮންމެ ވެސް މައްސަލައަކަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުންނެވެ.

ދެހާސް ސޯޅަވަނަ އަހަރު ދިރާގުން ވަނީ ރޯޑްރޭހަށް ހާއްސަ އެޕްލިކޭޝަނެއް ވެސް ތައާރަފުކޮށްފަ އެވެ.

ނޮޮވެމްބަރ 24، 2017: ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރާގު ރޯޑް ރޭހަކީ ބައިނަލްއަގްވާމީ ގޮތުން ރާއްޖޭގައި އެކްރެޑިޓް ކޮށްފައިވާ ހަމައެކަނި ދުވުން ވެސް މެ އެވެ. އެގޮތުން ދުވުންތެރިޔާގެ ބިބުގައި ހަރުކޮށްފައިވާ ޗިޕު މެދުވެރިކޮށް ނަގާ ޑެޓާތައް މި އެޕްލިކޭޝަން މެދުވެރިކޮށް ދުވުންތެރިޔާއާ ހަމައަށް ގެންގޮސްދީ، ދުވަމުންދާ ސްޕީޑާއި ދުވަމުންދާ ރާސްތާ ބަލާލެވޭނެ އެވެ. އޭނާގެ އައިލާގެ މެމްބަރުންނާއި ރައްޓެހިންނަށް ވެސް އޭނާގެ ސްޓޭޓަސް މި އެޕް މެދުވެރިކޮށް ބެލޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގު ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ގޮތުން އެކްރެޑިޓް ކޮށްފައިވާ ހަމައެކަނި ދުވުން ވެސް މެއެވެ.

comment ކޮމެންޓް